އިންޑިއާއާ ދެކޮޅަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފުލާ އަޑުތަކާއި ދެކޮޅަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތެދުވެވަޑައިގެންފިއެވެ.

ރާއްޖޭގައި މިދުވަސްވަރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ އިންޑިއާއިން ރާއްޖެއަށް ެކިގޮތްގޮތުން އަތްގަދަކުރަން އުޅޭ ވާހަކަކަމަށްވާއިރު، އެކަމުގައި ބައިވެރިވެ ގިނަ ބަޔަކު ދަނީ އަޑު އުފުލަމުންނެވެ. އިންޑިއާއާ ދެކޮޅަށް ރާއްޖޭގައި ހިންގޭ ހަރަކާތްތަކާއި ދެކެވޭ ވާހަކަތަކާއި ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވަނީ ރާއްޖޭގެ މީޑިއާއާއި މީސްމީޑިއާގައި އިންޑިއާއާއި ދެކޮޅަށް ދެކެވޭ ވާހަކަތަކާއި ލިޔާ ލިއުންތަކަށް ފިޔަވަޅު އަޅައިދިނުމަށް ސަރުކާރުގައި އެދިފައެވެ.

އިންޑިއާ ހައިކޮމިޝަނުގެ މިކަންބޮޑުވުމާއެކު ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ގެންދަނީ، އިންޑިއާގެ ދިފާއުގައި ވާހަކަދަވައި އަޑުއުފުއްލަވަމުންނެވެ. އެގޮތުން އިންޑިއާ ދެކެ އެންމެ ބޮޑަށް ލޯބިފުޅުވާ، އަދި އިންޑިއާގެ ވެރިންނާއި ގާތްގުޅުމެއް ބާއްވަވާ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ބޭރުގެ ޑިޕްލޮމޭޓުންނާއި ގުޅޭގޮތުން އަޅުގަނޑުމެން ދައްކާ ވާހަކަތައް ހުންނަންޖެހޭނީ ވަކި ހަމަތަކެއްގައިކަމަށެވެ. އަދި ސަރުކާރާއި އެމްޑީޕީގެ ވާދަވެރިން އިންޑިއާއާއި ގުޅޭގޮތުން ދައްކާ ފިތުނަވެރި އަދި ބޭއަދަނީ ވާހަކަތައް ހުއްޓަންޖެހޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.



ރައީސް ނަޝީދުގެ އިތުރުން ފޮރިން މިނިސްޓްރީންވެސް މިއަދު ވަނީ މިކަމާ ގުޅޭގޮތުން ބަޔާނެއް ނެރެފައެެވެ. އެ ބަޔާނުގައި ބުނެފައިވަނީ މިފަހަކަށް އައިސް، ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ބޭރު ޤައުމުތަކުގެ ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރައްވާ ޑިޕްލޮމަޓުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ހަގީގަތާ ޚިލާފު ޚަބަރު ރާއްޖޭގެ ބައެއް ނޫސްތަކުގައި ތަކުރާރުކޮށް ޝާޢިއުކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން ދޭދޭ ޤައުމުތަކާއެކު ރާއްޖެއިން އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރު ނުކުރާނެހެން ދިވެހިރާއްޖޭގެ މީޑިއާތަކުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވުމަށް ދިވެހި ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ރައީސް ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްވެސް ވަނީ އިންޑިއާ ހައިކޮމިޝަނާއި ގުޅޭގޮތުން ދައްކާ ވާހަކަތާއި މެދު ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.



ޝަރީފް ވިދާޅުވީ ސޯޝަލް މީޑިއާގައި އިންޑިއާ ހައިކޮމިޝަނަށް އަމާޒުކޮށް ދެމުންދާ ނުރައްކާތެރި އިންޒާރުތައް، މަޖިލީހުގެ ޚާރިޖީ ގުުޅުންތަކާބެހޭ ކޮމިޓީގެ މުޤައްރިރުގެ ހައިސިއްޔަތުން ކުއްވެރިކުރަށްވާ ކަމަށެވެ. އަދި އެމައްސަލަ ފުލުހުން މިހާރު ތަހުޤީޤްކުރަމުންދާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ އެންމެ އަވަށްޓެރި ޤައުމުކަމަށްވާއިރު، އެޤައުމާއި ދެކޮޅަށް ހިންގާ މިފަދަ ހަރަކާތްތައް ބަލައިނުގަނެވޭނެކަމަށެވެ. އަދި ރާއްޖޭގައި ތިބޭ ބޭރު މިޝަންތަކުގެ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަންޖެހޭކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން