މަޖިލީހުގެ ޖަލްސާ އެެއް ކުރިއަށްދަނީ
މަޖިލީހުގެ ޖަލްސާ އެެއް ކުރިއަށްދަނީ
ރައްޔިތުންގެ މަޖިލީހުގެ އިދާރާ ގޮއްވާލަން ޖެހޭ ކަމަށް ބުނެ އިންޒާރު ދިން މީހާ ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ގޮއްވައިލަން ޖެހޭ ކަމަށް ބުނެ ފޭސްބުކްގައި ކޮމެންޓްކުރި މައްސަލާގައ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކުރީ މިދިޔަ މަހުއެވެ. އޭނާގެ ބަންދު މުއްދަތު ކޯޓުން މީގެ ކުރިން ވަނީ އިތުރުކޮށްދީފައެވެ. ފުލުހުން ބުނީ މިދިޔަ ހަފުތާގައި އެ މީހާ ބަންދުން ދޫކޮށްލީ ތަހުގީގު ނިމިފައިވާތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

މަޖިލީހުގެ އިދާރާ ގޮއްވާލަން ޖެހޭ ކަމަށް ބުނެ ޝޯޝަލް މީޑިޔާގައި ދިން އިންޒާރާއެކު، އެ އިދާރާގެ ސަލާމަތީ ކަންކަން މީގެ ކުރިން ވަރުގަދަ ކޮށްފައިވެއެވެ.

މަޖިލިސް ގޮއްވާލާނެ ކަމުގެ އިންޒާރު ދީފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހު 6 ގައި އެއްޗެއް ގޮއްވާލި މައްސަލާގައި ވެސް ބަޔަކު ހައްޔަރުކޮށް، ތަހުުގީގު ކުރިއަށްދިޔަ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮވައްވައިލާނެ ކަމުގެ އިންޒާރު ވެސް ޝޯޝަލް މީޑިޔާގައި ވަނީ ދީފައެވެ. އެ އިންޒާރާ ގުޅިގެން އިންޑިއާ ހައިކޮމިޝަނުގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން މިރޭ ވަނީ ހާމަކޮށްފައެެވެ. ނަމަވެސް އެކަމާ ގުޅިގެން މީހަކު ހައްޔަރު ކުރިކަމެއް އެނގިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން