ސަރުކާރު ހިންގާ އެމްޑީޕީން ނޫސްވެރިންނަށް ބިރުދައްކާކަމަށް ތުހުމަތުކޮށް، ހުޅުމާލޭ ދާއިރާގެ ކައުންސިލަރ އިބްރާހިމް ޝުޖާއު އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ޝުޖާއު އެމްޑީޕީއަށް ފާޑުވިދާޅުވެފައި މިވަނީ، އިންޑިއާ ހައިކޮމިޝަނާ ގުޅޭގޮތުން މީޑިއާތަކުގައި ދައްކާ ވާހަކަތައް ކުށްވެރިކޮށް އެމްޑީޕީން ބަޔާނެއް ނެރެފައި ވަނިކޮށެވެ.

ޕީއެންސީގެ ނާއިބު ރައީސްގެ މަޤާމުވެސް އަދާކުރައްވާ ޝުޖާއު ވަނީ ނޫސްވެރިންނަށް އެމްޑީޕީން ބިރު ދައްކަނީ ކީއްވެތޯ ސުވާލުކުރައްވާފައެވެ. އަދި ނޫސްވެރިކަމުގެ މިނިވަން ކަމަކީ ޑިމޮކްރަސީގައި ކިހާ މުހިންމު ދައުރެއް އަދާ ކުރާ ކަމެއްކަން އެމްޑީޕީއަށް އޮޅުނީތޯވެސް ޝުޖާއު ސުވާލު ކުރަށްވާފައިވެއެވެ.

ޝުޖާއު ވިދާޅުވީ އެންމެފަހުން ވެރިކަން ވެއްޓުނީ މިގޮތަށް ނޫސްވެރިންނަށް ބިރުދައްކަން ހަދައިގެންކަމަށެވެ.



މީޑިއާތަަކަށް ތަފާތު އިންޒާރުތައް އަންނަން ފަށާފައި މިވަނީ، ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގެ މުވައްޒަފުންނާއި ގުޅޭގޮތުން ރާއްޖޭގެ ބައެއް މީޑިއާތަކުން ޚަބަރުތައް ފެތުރާ ކަމަށް ބުނެއެވެ. އަދި އެކަމާއި ގުޅިގެން ބައެއް މީޑިއާތަކަށް ފިޔަވަޅު އަޅައިިދިނުމަށް އިންޑިއާ ހައިކޮމިޝަނުން ވަނީ ސަރުކާރުގައި އެދިފައެވެ.

އަދި އެމްޑީޕީންވެސް ވަނީ ނޫސްވެރިން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. މީގެއިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ފޮރިން މިނިސްޓްރީންވެސް ވަނީ މިކަމުގައި އިންޑިއާގެ ދިފާއުގައި ނިކުމެފައެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިމައްސަލައިގައި ވަކި އެއްޗެއް އަދި ވިދާޅެއްނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


11

ސުޖާ

09-Jul-2021

ދެންއަވަހަށް ވައްޓާލާފައި ފައިސަލުނަސިމުއާ ހަވާލުކުރޭ އެއީ ރަނގަޅުގޮތަކީ



ޓްރެންޑިން