އިދިކޮޅުގެ ސިޔާސީ ހަރަކާތްތައް އަލުން ފަށަން ތައްޔާރުވަމުންދާކަމަށާއި، ނަމަވެސް އެއީ ރައީސް ޔާމީން އަންގަވައިގެނެއް ފަށާ މަސައްކަތްތަކެއް ނޫންކަމަށް ޕީއެންސީގެ ނާއިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ މުޒަހާރާ ކުރުމަށް ޚާއްސަ ޓީމެއް އެކުލަވާލައި، މުޒާހަރާތައް ފެށުމަށް ރައިސް ޔާމީން އަންގަވައިފިކަމަށް ސަރުކާރަށް ތާއީދުކުރާ މީޑިއާއަކުން ރިޕޯޓްކުރުމާއި ގުޅިގެނެވެ. އެގޮތުން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު ޕީޕީއެމް ހަރަކާތު ކޮމެޓީން ހަވީރުގެ ގަޑިތަކުގައި މުޒާހަރާ ކުރުމަށް ނުކުތުމަށް ރައީސް ޔާމީން އަންގާފައިވާކަމަށް ރާއްޖޭގެ ޓީވީއަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އެ ވާހަކަތަކާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޔާމީންގެ އޯޑަރަށް މުޒާހަރާތައް ބާއްވަން އުޅޭކަމަށް ބުނެ ދައްކަމުންދަނީ ހަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނެވިއިރުވެސް ޕީޕީއެމް/ ޕީއެންސީގެ ހަރަކާތްތައް ކުރިއަށްދިޔަކަމަށެވެ. އަދި ލޮކްޑައުން ނިމުމުން ސިޔާސީ ހަރަކާތްތައް އިދިކޮޅުން ފަށާނެކަމަށާއި، ނަމަވެސް އެއީ ރައީސް ޔާމީން އަންގަވައިގެން ފަށާ ހަރަކާތްތަކެއް ނޫންކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީނަކީ ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފުވެވަޑައިގެންނަވާނެ ބޭފުޅެއް ނޫންކަމަށެވެ.

ސަރުކާރަށް ތާއީދުކުރާ މީޑިއާ އަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުރިއަށް އޮތްތަނުގައި ރައްޔިތުން މަޖިލީހުގެ ކައިރިއަށް އެއްވެ މުސްލިމުންނަށް ކާފަރެކޭ ގޮވުން ހުއްޓުވުމަށް ހުށަހަޅާފައިވާ ބިލް ސިޔާސީކޮށް، އެ ބިލާ ދެކޮޅަށް އަޑު އުފުލުމަށް ޚާއްސަ ޓީމެއް އެކުލަވާލުމަށް ރައީސް ޔާމީން ވަނީ އަންގަވާފައެވެ. އަދި އެ ޓީމް އެކުލަވާލުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށްވެސް އެމީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން