ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިޤައުމު ބޭރު ބަޔަކަށް ވިއްކާލަން އެއްވެސް މަސައްކަތެއް ނުކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަދި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.

އަލްހާން ފަހުމީ މިހެން ވިދާޅުވެފައި މިވަނީ ރާއްޖެއާއި އިންޑިއާއާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން އިންޑިއާއިން ރާއްޖެއަށް އެތައް ގޮތަކުން ނުފޫޒު ފޯރުވަމުންދާކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތުކުރަމުންނެވެ. އަދި މިއީ ޤައުމު ވިއްކާލުންކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ.

މިތުހުމަތުތަކަށް ރައްދުދެއްވަމުން އަލްހާން ފަހްމީ ވިދާޅުވީ އިންޑިއާއަށް ޤައުމު ވިއްކާލާކަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އެއްވެސްކަމެއް ނުކުރާނެކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން އޭނާއަށް އެބައޮތްކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން، އެއްވެސް އަސާސެެއް ނެތް ދޮގު ވާހަކަ ފަތުރާ، އިންޑިއާ އާ ދިމާކޮށްލައިގެން އުޅުމަކީ ލަދުވެތިކަމެއްކަމަށް އަލްހާން ވިދާޅުވިއެވެ.



މިފަހަކަށް އައިސް އިންޑިއާއާ ގުޅޭގޮތުން ކުރެވޭ ބަހުސްގެ އަޑު ގަދަވެގެން މިއުޅެނީ ރާއްޖޭގެ ބައެއް މީޑިއާތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އިންޑިއާ ހައިކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީގައި އެދުމުންނެވެ. އެއާއެކު ފޮރިން މިނިސްޓްރީންވެސް ވަނީ ހައިކޮމިޝަނުގެ ވާހަކަތަކަށް ބާރު ލިބިދޭ ފަދަ ގޮތަކަށް ބަޔާނެއް ނެރުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން