ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ޓެރަރިސްޓެއްކަމަށް ތުހުމަތު ކުރާ މަފްތޫޙް ސަޢީދު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައިސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ފުލުހުން ހަރުކަށި ފިކުރާ ދެކޮޅަށް ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި އައްޑޫސިޓީން ހައްޔަރުކުރި ގއ. ކޮލަމާފުށި ވިކްޓްރީ މަފްތޫހް ސައީދު އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ. މަފްތޫހު ދޫކޮށްލާފައިވަނީ މިދިޔަ ބުދަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ.

މަފްތޫޙް ހައްޔަރުކޮށް ބަންދު ފުރަތަމަ ޖެހީ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ކަމަށްވާތީ ސުޕްރީމް ކޯޓުން އޭނާ ދޫކޮށްލީ އިންޓެލިޖެންސް ރިޕޯޓެއް ފިޔަވައި އިތުރު ހެއްކެއް ހުށަހަޅާފައި ނެތްކަމަށް ބުނެއެވެ. ފުލުހުން މަފްތޫޙްގެ މައްޗަށް ކޮށްފައިވަނީ، ހަރުކަށި ފިކުރު ފެތުރުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ، އައިއީޑީ ހެދުމަށް ބޭނުންކުރާ ތަކެތި ގެންގުޅެ އެ ތަކެތިން ބަޔަކަށް އަދި މުދަލަށް ގެއްލުންދީފާނެ ކަމުގެ ތުހުމަތެވެ.

ފުލުހުން ބުނީ، މި މަހުގެ އެއްވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށްފަހު، ބަންދަށް ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 14 ދުވަސް ޖަހާފައިވާ ކަމަށެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް އައްޑޫގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި މަފްތޫހްގެ އިތުރުން އައްޑޫއިން ވަނީ ޖުމްލަ 8 މީހަކުވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން 5 މީހަކުކުރިން ވެސް ބަންދުގެ މުއްދަތު ހަމަވުމުން ދޫކޮށްލާފައިވެއެވެ. ނަމަވެސް ފަހުން ހައި ކޯޓުން ވަނީ އެމީހުން ހައްޔަރުކުރަން އަމުރު ނެރެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން