ވަޒީފާއިން ވަކިކުރާ މައްސަލަތައް ބަލަން ތިންއަހަރު ނެގުމަކީ އިންސާފެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ފޭދޫ ދާއިރާގެ މެމްބަރު މުހަންމަދު ނިހާދު މިހެން ވިދާޅުވީ ނުހައްގުން ވަޒީފާއިން ވަކިކުރާ މައްސަލަތަކުގައި އިންސާފު ލިބުން ލަސްވާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ. ނިހާދު ވިދާޅުވީ، ވަޒީފާއިން ވަކިކުރާ މައްސަލަތަށް ޓްރައިބިއުނަލާއި ކޯޓުތަކަށް ހުށައަޅަނީ އިންސާފު ހޯދުމަށް ކަމަށެވެ. އެހެން ނަމަވެސް އެފަދަ މައްސަލަތައް ބެލުމަށް 1 އަހަރާއި 3 އަހަރު ހޭދަވެގެންދިޔުމަކީ އިންސާފެއް ނޫން ކަމަށް ނިހާދު ވިދާޅުވިއެވެ.

"ދެއްކޭނެ އިތުރު އުޒުރެއް އޮންނަންޖެހޭނެ ކަމަކަށް ނުދެކެން، އިންސާފަށް އެދި ރައްޔިތުން ކުރާ އާދޭސްތައް ގިނަ." ޖޭއެސްސީގެ ރައީސް ހިސާން ހުސެއިނާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ޓެގްކުރައްވައި ނިހާދު ވިދާޅުވިއެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލަކީ ވަޒީފާއާ ބެހޭ މައްސަލަތައް ބެލުމަށް ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އުފެދިފައިވާ މުއައްސަސާ އެކެވެ. ނުހައްގުން ވަޒީފާއިން ވަކިކުރާ ގިނަ މަައްސަލަތަކެއް ޓްރައިބިއުނަލަށް ހުށައެޅިފައިވާއިރު އެމައްސަލަތައް އެކަށީގެންވާ ސްޕީޑެއްގައި ކުރިއަށް ނުދާތީ ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.



ޓްރައިބިއުނަލުން ނިންމާ މައްސަލަތަކާއި މެދު ހިތްހަމަނުޖެހޭނަމަ އިސްތިއުނާފަށް މަތީ މަރުހަލާގެ ކޯޓްތަކަށް ވެސް އެމައްސަލައެއް ހުށައެޅުމުގެ ފުރުސަތު ވެސް މައްސަލަ ރައްދުވާ ފަރާތަށް ލިބިގެންވެއެވެ. އެހެން ނަމަވެސް އިސްތިއުނާފީ މަރުހަލާގައި ވެސް މައްސަލައެއް ނިންމުމަށް އެތަށް އަހަރެެއް ހޭދަވެގެންދާކަން ފާހަގަކޮށްލެވެއެވެ.

ނުހައްގުން ވަޒީފާއިން ވަކިކުރާ މައްސަލަތަކުގައި އިންސާފު ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން