ފްލެޓް ވިއްކާނެ ކަމަށްބުނެ މަކަރާ ހީލަތުން އޮޅުވާލައިގެން އެތައް ބައެއްގެ އަތުން ފައިސާ އަތުލައިގެން ފިލައިގެން އުޅުނު މައްސަލައިގައި ހައްޔަރުކުރި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ، އަންމަޓީ ބަންދުން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް މިއަދު ފަށަން ތައްޔާރުވެއްޖެއެވެ.

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ ބަންދުގައި ބަހައްޓަން ދައުލަތުން އެދިފައިވަނިކޮށް، އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަމަހުގެ 17 ވަނަ ދުވަހުއެވެ. އަންމަޓީ ބަންދުން ދޫކޮށްލީ މާލެއިން ބޭރަށް ނުދިއުމާއި އަދި ރާއްޖެއިން ބޭރަށް ފުރައިގެން ނުދިއުމަށް ޝަރުތުކޮށްފައެވެ.

ނަމަވެސް ޕީޖީން ވަނީ ދަށު ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ. އަދި އެމައްސަަލައިގެ އަޑުއެހުމެއް މިއަދު މެންދުރު 14:00 އަށް ހައިކޯޓުގައި ވަނީ ތާވަލްކޮށްފައެވެ.

ފްލެޓްއަޅައި ވިއްކާނެ ކަމަށްބުނެ މަކަރާ ހީލަތުން އޮޅުވާލައިގެން އެތައް ބައެއްގެ އަތުން ފައިސާ އަތުލި މައްސަލައިގައި ހޯދަމުންދިޔަ އަހުމަދު މޫސާ ފިލައިގެން އުޅެނިކޮށް ހައްޔަރުކުރުމަށްފަހު ރާއްޖެ ގެނައީ މާޗުމަހުގެ 24 ވަނަ ދުވަހުއެވެ. އޭގެ ފަހުން އޭނާ ބަންދުން ދޫކޮށްލަންދެން ހުރީ ފުލުހުންގެ ހައްޔަރުގައެވެ.

އަންމަޓީގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައެވެ. މި މައްސަލަތައް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން