ހދ. ކުމުންދޫގައި ޤާއިމްކުރާ ނަރުދަމާ ނެޓްވޯކްއަށް ބޭނުންވާ ބައެއް ސާމާނު އެރަށަށް ގެންގޮސްފިއެވެ.

ހދ ކުމުންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢު މިދިޔަ ނޮވެމްބަރުމަހު 102 މިލިއަން ރުފިޔާއަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވަނީ 18 މަސްދުވަހުން ނިންމާގޮތަށެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މިމަސައްކަތުގެ ދަށުން ޤާއިމްކުރާ ނަރުދަމާ ނެޓްވޯކަށް ބޭނުންވާ ބައެއް ސާމާނު މިއަދު އެރަށް ގެންގޮސްފައިވާކަމަށެވެ.



ހދ ކުމުންދޫގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް މިދިޔަ ޖެނުއަރީމަހުގެ ތެރޭގައިވަނީ ފަށާފައެވެ. ކުމުންދޫގެ ގޭގެއަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޑަބްލިއުއެސްސީއާއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ސަރވޭކޮށް ޑިޒައިންކޮށް އީއައިއޭ ހަދާ އަދި ހުއްދަތައް ނެގުމަށްފަހު އެމްޑަބްލިޔުއެސްސީއާ މިމަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ ނޮވެމްބަރުމަހުމަހުގެ ތެރޭގައެވެ.

މިމަޝްރޫޢުގެ ދަށުން ކުމުންދޫގެ 480 ގެބިސީއަށް ފެނާއި ނަރުދަމާގެ ގުޅާދެވޭނެއެވެ. އަދި 13 ކިލޯމީޓަރުގެ ފެނުގެ ވިއުގައަކުން ގުޅާލާ، 10 ކިލޯ މީޓަރުގެ ނަރުދަމާގެ ނިޒާމަކުން ގުޅާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވެއެވެ. މިމަޝްރޫއުގެ މަސައްކަތް ނިމޭއިރު އެރަށުގައި އާރޯ ޕްލާންޓެއްވެސް ގާއިމްކުރެވި ފެނާ ނަރުދަމާގެ ޚިދުމަތް ހުރިހާ ގޭގެއަށް ލިބިގެންދާނެއެވެ.

ހދ ކުމުންދޫގައި 2000 ވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާއިރު މީހުން ދިރިއުޅޭ 256 ގެހުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން