ލޯކަލް ކައުންސިލް އިންތިޚާބު
ލޯކަލް ކައުންސިލް އިންތިޚާބު
ކައުންސިލްތަކުގެ ބާރުވެރިކަން ތަންފީޒުކުރަން ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

އެގޮތުން ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ވަނީ ފަޅު ރަށްރަށާ ބެހޭ ގާނޫނަށް އިސްލާހު ގެންނަ ބިލު މަޖިލީހަށް ހުށައަޅާފައެވެ. ސަރުކާރުން ހުށައަޅާފައިވަނީ، ފިޝަރީޒް މިނިސްޓްރީގެ އިތުރުން ކައުންސިލް ތަކުގެ އިހްތިސާސްގައި ހިމެނޭ ފަޅު ރަށްތައް ކުއްޔަށް ދޫކުރުމުގެ ބާރު ކައުސިލްތަކަށް ލިބޭ ގޮތަށް އިސްލާޙް ކުރުމަށެވެ. އެގާނޫނުގެ ދަށުން ފަޅު ރަށެއް ކުއްޔަށް ދެވޭނީ، ކުއްޔަށް ހިފާ ފަރާތާއި ރަށް ހަވާލުކުރާ ތާރީހުން ފެށިގެން، ގިނަވެގެން 21 އަހަރު ދުވަހަށެވެ.

ނަމަވެސް ފަށާއިރު ކުރާ އިންވެސްޓްމަންޓް 10 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ބޮޑުކަމުގައިވާ ނަމަ، އެ އިންވެސްޓްމަންޓުގެ ކުޑަ ބޮޑުމިނަށް ބަލައި، ގިނަވެގެން 35 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމުގެ އިހްތިޔާރު، "ސަރުކާރާއި ކައުންސިލަށް" ލިބިގެންވާ ކަމަށް އިސްލާޙުގައި ވެއެވެ.

މީގެ އިތުރުން ކައުންސިލުތަކަށް ބާރު ދިނުމަށް އިސްލާހު ހުށަހަޅާފައިވާ އަނެއް ދެ ގާނޫނަކީ، ކަނޑު އުޅަނދުފަހަރު ދުއްވުމާބެހޭ ގާނޫނާއި އެއްގަމު އުޅަނދު ދުއްވުމާ ބެހޭ ގާނޫނެވެ. ސަރުކާރުން ހުށައަޅާފައިވަނީ، ޓްރާންސްޕޯޓު މިނިސްޓްރީން މިހާރު ފޯރުކޮށްދެމުން އަންނަ ބައެއް ހިދުމަތްތައް ކައުންސިލުން ދޭ ގޮތަށް ބަދަލު ކުރުމަށެވެ.

ސަރުކާރުން ވަނީ މިހާރު އަލަށް އިންތިޚާބުވެފައިވާ ކައުންސިލްތަކަށް ބޮޑެތި ބާރުތަކަކާއި އިޚްތިޔާރުތަކެއް ލިބޭގޮތަށް ކައުންސިލްތަކުގެ ޤާނޫނަށް ބަދަލު ގެނެސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން