ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ކުރިއަށް ގެންދާ އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 88 އިންސައްތަ ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 88 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ބޮޑުހިލަ ބޭނުންކޮށްގެން 350 މީޓަރ ބޭރު ތޮށި ހެދުމާއި، 276 މީޓަރ އެއްގަމު ތޮށި ހެދުމާއި، 10 މޫރިން ބުލޮކް ލުމާއި، 14 ބަނދަރު ބައްތި ހަރުކުރުމާއި، 2 ނެރުބައްތި ހަރުކުރުމާއި، 1380 ސްކެއަރ މީޓަރ ޕޭވްމަންޓްއެއް ހެދުމާއި، 25000 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި، 6000 ކިއުބިކް މީޓަރ ނެރު ފުންކުރުމާރި، 500 މީޓަރ ރިވެޓްމަންޓް ޖެހުމާއި، ރޭމްޕެއް ހެދުމާއި 50 މީޓަރުގެ ގުރޯއިން ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީއިން ބުނެ އެވެ.

56،321،095.38 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ 480 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން