ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވަމުން ގެންދާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އިންޓަނެޓް އަގުހެޔޮ ކުރުމަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުގެ ދަށުން އިންޓަނެޓްގެ އަގު އަގުހެޔޮކުރުމާއި ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، އިންޓަނެޓް އަގުހެޔޮކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދާފައިވާ ކަމަށެވެ. ރޮޒައިނާ ވިދާޅުވީ ރައީސް ސޯލިހުގެ ވައުދުތައް ދަނީ ފުދެމުން ކަމަށާއި، އެމަނިކުފާނު ވައުދު ވެވަޑަައިގެންނެވީ ފަސްއަހަރުގެ ދައުރެއްގެ ތެރޭގައި ވައުދުވެވަޑައިގެންނެވި ކަންކަން ހާސިލްކޮށްދިނުމަށް ކަމަށެވެ.

"އިންޝާ ﷲ، ރައީސް ސޯލިހުގެ ރިޔާސީ ވައުދުތަށް ފުއްދަވާނެ. އިންޓަނެޓް މިވަނީ އަގުހެޔޮވެފައި. ޝުކުރިއްޔާ ރައީސް." ރައީސް ޞާލިހުގެ ސިޔާސަތު ތަކަށް ވަރަށް ބޮޑަށް ތާއީދު ކުރަށްވާ ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ތަޢުރީފުގެ ބަސްތައް ވިދާޅުވަމުން ގެންދަވާ ރޮޒައިނާ ވިދާޅުވިއެވެ.



ރައީސް ޞާލިޙުގެ ތަރައްގީގެ ވަޢުދުތައް ނުފެއްދޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ބައެއް ކަންކަން ވަރަށް ލަހުން ކުރިއަށްދިއުމާއި ބައެއް ކަންކަމުން ހާސިލުވާންޖެހޭ މިންވަރަށް ހާސިލު ނުވުމާއި ބައެއް ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ނުދެވޭ ކަމަށްބުނެ އިދިކޮޅު ފަރާތްތަކާއި ބައެއް އާންމުން ވެސް ފާޑުކިޔަމުންދާއިރު އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރުން އުއްމީދު ކުރި ވަރުގެ ކާމިޔާބެއް ނުލިބުނީ އެފަދަ ބައެއް ސަބަބު ތަކާ ހުރެކަން ސަރުކާރުން ވެސް ވަނީ ގަބޫލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

ެއޭމް

09-Jul-2021

ފުއްދެވީ ރޮޒޭގެ..؟؟؟


-6

ެއޭމް

09-Jul-2021

ފުއްދެވީ ރޮޒޭގެ..؟؟؟


6

ެއޭމް

09-Jul-2021

ފުއްދެވީ ރޮޒޭގެ..؟؟؟



ޓްރެންޑިން