ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހަންމަދު ޝަރީފަށް އަދާލާތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހަންމަދު އިޔާޒް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފިއެވެ.

މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި ޑރ. މުހަންމަދު އިޔާޒު އަބްދުއްލަތީފު ހުސްވި ހަފުތާގައި ވަނީ އެ މަގާމުން ވަކިކޮށްފައެވެ. ޑރ. އިޔާޒު ވަޒީފާއިން ވަކިކޮށްފައިވަނީ ސޯޝަލް މީޑިއާމެދުވެރިކޮށް، އާންމުންގެ ތެރޭގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ހިޔާލު ފާޅުކުރުމުގެ އިތުރުން، ހަރުކަށި ފިކުރަށް ތާއީދުކުރާ މޭރުމުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވާތީ ކަމަށް ތުހުމަތުކޮށެވެ. އެ

އެމައްސަލައިގައި ދީނީ އިލްމްވެރިޔާ ޑރ. މުހަންމަދު އިޔާޒް ވިދާޅުުވީ، ގައުމީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރުގެ މަގާމަށް ޑރ. މުހަންމަދު ޝަރީފު އައްޔަން ކުރެއްވުމަކީ ރައީސް ސޯލިހު ވަރަށް ދެރަކޮށް ކުރެއްވި ކަމެއް ކަމަށެވެ. ޝަރީފަކީ ހިންގުންތެރިކަމެއް ނެތް ސިޔާސީ އެކްޓިވިސްޓެއް ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

"ގައުމީ ޔުނިވަސިޓީއަށް ކުރިމަތިވެފައިވާ ހުރިހާވެސް ދެރައަކީ މުހަންމަދު ޝަރީފު ފަދަ ހިންގުންތެރިކަމެއް ނެތް ސިޔާސީ އެކްޓިވިސްޓަކު ވައިސް ޗާންސެލަރު ކަމަށް އައްޔަންކުރުން. މިއީ ރައީސް ސޯލިހަށް ކުރެއްވުނު ދެރަވަރުގެ ކަމެއް. ބަދަލު ކުރަންޖެހޭ ކަމެއް. ނޫންނަމަ ތަނުގެ ހައިބަތު ގެއްލި ހުސްވެދާނެ." ޑރ. އިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. އިޔާޒް ވިދާޅުވީ މުޅި ގައުމީ ޔުނިވަސިޓީގައި މިހާރު އޮތީ ޑެޕިއުޓީ ވައިސް ޗާންސެލަރުގެ ދެފައި ކަމަށެވެ. ވައިސް ޗާންސެލަރާއި ޑެޕިއުޓީ ވައިސް ޗާންސެލަރަކީ ދެ ސަރުދާރު ކަމަށާއި އެއީ އެކައްޗެއް ކަމަށް އިޔާޒް ވިދާޅުވިއެވެ.

"ވައިސް ޗާންސެލަރު މުހަންމަދު ޝަރީފުގެ ކަމަކީ ފަހަރަކު ކެންޓީނަކުން ސައި ބުއިން." ޑރ. އިޔާޒް ވިދާޅުވިއެވެ.

މީގެ ކުރިން ޑރ. އިޔާޒް ވިދާޅުވީ އޭނާ މަގާމުން ވަކިކޮށްފައިވަނީ ވައިސް ޗާންސެލަރު މުހަންމަދު ޝަރީފު ވެވަޑައިގެންނެވި ވައުދެއް ފުއްދެވުމަށް ކަމަށެވެ. އަދި އޭނާ ޖުލައި މަހުގެ 1 ވަނަ ދުވަހު ވަޒީފާއިން ވަކިކުރާނެ ކަން ޝަރީފު ބައެއް ބޭފުޅުންގެ ގާތުގައި ވިދާޅުވެފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް އިޔާޒް ވިދާޅުވިއެވެ.

އިޔާޒް މަގާމުން ވަކިކުރި މައްސަލަ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ހުށައެޅުމަށް މިހާރު ވަނީ ނިންމަވާފައެވެ. އިޔާޒު ވަޒީފާއިން ވަކިކުރުމުން އޭނާގެ ދިފާއުގައި ހޯމް މިނިސްޓަރު އަދި އަދާލާތު ޕާޓީގެ ރަައީސް އިމްރާން އަބުދު ﷲ ވަނީ ވާހަކަ ދައްކަވާފައެވެ. އަދި އިޔާޒު ނިސްބަތްވާ އަދާލަތު ޕާޓީން ވެސް ވަނީ އޭނާއާއި ދެކޮޅަށް ފިޔަވަޅު އެޅީ ވަކި ބަޔެއްގެ ބާރާއި ނުފޫޒުން ކަަމަށް ބުނެ މަގާމު ރުޖޫއަ ކޮށްދިނުމަށް ގޮވާލާފައެވެ.

ޑރ. އިޔާޒް ވަޒީފާއިން ވަކިކޮށްފައި މި ވަނީ، އަންހެންކުދިން ހިތާނު ކުރުމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އޭނާ ހިއްސާ ކުރެއްވި އެކަމާގުޅޭ ދިރާސާއެއްގެ މައްސަލަ ހޫނުވެ އެ މައްސަލަ އިސްލާމިކް މިނިސްޓްރީންނާއި ރައްޔިތުންގެ މަޖިލީހުން ބަލަން ފަށާފައިވަނިކޮށްކަން ފާހަގަކޮށްލެވެއެވެެ.


ކިޔުންތެރިންގެ ހިޔާލު


2

ެައަލީ

09-Jul-2021

ތިމާ މަސައްކަތްކުރާ ޔުނިވަރސިޓީގަ އެހާގިނަ މައްސަހުރިއިރު ﷲ ފިޔަވާވއެހެންފަރާތަކަށް ބިރު ނުގަންނަ އިޔާޒު މަގާމުން ވަކިކުރަންކަށް ހަނުހުރީ ކިހިނެއް.


5

ެައަލީ

09-Jul-2021

ތިމާ މަސައްކަތްކުރާ ޔުނިވަރސިޓީގަ އެހާގިނަ މައްސަހުރިއިރު ﷲ ފިޔަވާވއެހެންފަރާތަކަށް ބިރު ނުގަންނަ އިޔާޒު މަގާމުން ވަކިކުރަންކަށް ހަނުހުރީ ކިހިނެއް.



ޓްރެންޑިން