އަލްހާން ފަހުމީ.
އަލްހާން ފަހުމީ.
ރާއްޖޭގައި ގަދަބާރުން އިންޑިއާ ސިފައިން ބައިތިއްބާފައި ނެތްކަމަށް އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިހެން ވިދާޅުވެފައި މިވަނީ އިންޑިއާއިން ރާއްޖެއަށް އެތައް ގޮތަކުން ނުފޫޒު ފޯރުވަމުންދާކަމަށް ތުހުމަތުކޮށް، ރާއްޖެއާއި އިންޑިއާއާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން އިންޑިއާ ސަރުކާރުން ހަދިޔާކުރި ދެ ހެލިކޮޕްޓަރާ ކުޑަ ޑޯނިޔާ ބެލެހެއްޓުމާއި އޮޕަރޭޓް ކުރުމުގެ ނަމުގައި އިންޑިއާގެ އަސްކަރީ ސިފައިންގެ ގިނަ ބަޔަކު ރާއްޖޭގައި ހަރަކާތްތެރިވަމުން ގެންދާތީ ގިނަ ބައެއްގެ ފާޑުކިއުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އަދި މިއީ ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ބުރޫއަރާފަދަ ކަމެއް ކަމުގައި އެފަދަ ފަރާތްތަކުން ސިފަކުރެއެވެ.

މިމައްސަލައިގާ ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ އެއްވެސް ބައެއްގެ މަޖުބޫރަކުން އަދި ގަދަބާރަކުންވެސް ނޫންކަމަށެވެ. އަދި ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބެނީ ދެގައުމުގެ ދިފާއީ ބާރުގެ ދެމެދުގައި ހެދިފައިވާ އެއްބަސްްވުމެއްގެ ދަށުންކަމަށާއި، މިފަދަ އެއްބަސްވުންތަކަކީ އެހެން ގައުމުތަކުގައިވެސް ބޭރުގެ ސިފައިންނާއި މެދު ހެދޭފަދަ އެއްބަސްވުންތައްކަމަށް އަލްހާން ފާހަގަކުރަށްވާފައިވެއެވެ.



"ރާއްޖެ އޮތީ އިންޑިއާގެ ބެލުމުގެ ދަށަކު ނޫން. އިންޑިއާއަކީ ރާއްޖެ އެހީއަށް ބޭނުންޖެހޭ ކޮންމެ ވަގުތެއްގައިވެސް އެންމެ ގާތުން އެހީތެރިވާ ރަނގަޅު ރަހުމަތްތެރިއެއް." އަލްހާން ވިދާޅުވިއެވެ.



އަލްހާން ފަހުމީ ވިދާޅުވެފައިވާގޮތުގައި ރާއްޖެއާއި އިންޑިއާއި ދެމެދު އޮތް ދާޚިލީގުޅުމާއި ގުޅޭގޮތުން ނަފްރަތު އުފެދޭފަދަ ވާހަކަތައް ދައްކަމުންދަނީ އިދިކޮޅު ސިޔާސީ ފަރާތްތަކުންނާއި ވަކި މީޑީއާ ތަކަކުންނެވެ.

"މިއީ އިދިކޮޅު ޕީޕީއެމުން ވަކި މީޑީޔާ އޭޖެންޓުންތަކަކާއި ގުޅިގެން، ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކޮރަޕްޝަނުގެ މައްސަލަތައް އޮއްބާލުމަށް ކުރެވޭ މަސައްކަތްތަކެއް. ކާކު މޮޔަ ހައްދަންބާ މިއުޅެނީ؟" އަލްހާން ވިދާޅުވިއެވެ.



މިފަހަކަށް އައިސް އިންޑިއާއާ ގުޅޭގޮތުން ކުރެވޭ ބަހުސްގެ އަޑު ގަދަވެގެން މިއުޅެނީ ރާއްޖޭގެ ބައެއް މީޑިއާތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އިންޑިއާ ހައިކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީގައި އެދުމުންނެވެ. އެއާއެކު ފޮރިން މިނިސްޓްރީންވެސް ވަނީ ހައިކޮމިޝަނުގެ ވާހަކަތަކަށް ބާރު ލިބިދޭ ފަދަ ގޮތަކަށް ބަޔާނެއް ނެރެ މީޑިއާތަކުން އެފަދަ އަމަލުތައް ނުހިންގުމަށް އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


10

ހަސަނު

09-Jul-2021

އަލްހާނުމެންގެވާހަކަ އަޑުއަހާކަށް ބަޔަކުނޫޅޭ. އަލްހާނުމެނަކަށް ދެފަހަރަކު ސެކައްޗެއް ބުބުނެވޭނެ. ކޮންމެވެސް ނުފޫޒެއްދަށުވެފަ އަބަދު ތިބޭނީ. އެހެންވީމަ ގެއްލިފަ ތިހުންނަނީ. ތިހެންވެސް ތިމާގެ އަޑެއް އިއްވޭތޯބަލާ.


17

މޯދި

09-Jul-2021

އިންޑިޔާގެ އެމްބަސީތެރޭގައި ސަންކުއިކު ޖޫސްބޮއިގެން ކުޅިމަޖާކުރާމީހުން އިންޑިޔާގެ ދިފާއުގައި ވާހަކަ ދައްކަވާނެވެ.



ޓްރެންޑިން