މަރާލާފައިވާ އޮތްވާ ހުޅުމާލެއިން ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިއަދު ރާއްޖެއިން ބޭރަށް ފޮނުވާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައި މިވަނީ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުން ލަސްވާ މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ ރަހީނުކޮށް މަރާލުމަށްފަހު ހުޅުމާލޭ މޫދަށް އެއްލާލާފައި އޮއްވައި ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މާދަމާ އިންޑިއާ އަށް ފޮނުވަން ހަމަޖެހިފައިވާކަމަށެވެ. ނަމަވެސް ފޮނުވާނެ ވަގުތެއް ހާމައެއް ނުކުރައްވައެވެ. އަދި އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ވެސް ނުދެއްވައެވެ.
ކުޑަ ފިރިހެންކުއްޖަކު މަރާލުމަށްފަހު، ފޮއްޓަކަށްލައި އެއްލާލައިފައިއޮއްވާ ފެނުނީ ހުޅުމާލޭ ދެވަނަ ފޭސްގެ މޫދުންނެވެ. ރަހީނުކޮށް މަރައިލުމަށްފަހު ހުޅުމާލޭ މޫދަށް އެއްލާލާފައި އޮއްވާ އެކުއްޖާ ފެނިފައިވަނީ 22 ޖޫން ދުވަހުގެރޭ މެންދަމު 2:38 އެހާކަންހާއިރުއެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި 17 އަހަރު ކުއްޖާގެ ބަންދަށް 15 ދުވަސް އަދި ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނު (27)އަހަރު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން ވަނީ އަމުރު ކޮށްފައެވެ. 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ޒިހާންގެ މައްޗަށް ޖިންސީ ގޯނާގެ އިތުރުން ގަސްތުގައި މީހަކު މެރުގެ ތުހުމަތާއި މާރާމާރީ ހިންގުމާއި ރަހީނުކުރި ކަމުގެ ތުހުމަތުވެސް ފުލުހުން ކުރެއެވެ.
އެކަމާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްގެ ހެޑް ޗީފް އިންސްޕެކްޓަރ އަބްދުﷲ ރަޝީދު ވިދާޅުވީ، މި މައްސަލައާއި ގުޅިގެން އިތުރަށް ހޯދަން ޖެހޭ މައުލޫމާތު ހޯދައި މައްސަލަ ޝަރީއަތަށް ފޮނުވުމަށްޓަކައި ހެކި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު