ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓް ކުރި މީހާގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.

ކާކުކަން ނޭނގޭ ރޯޔަލް ހަސަން ތަކުރު ކިޔާ ޓުވީޓާ އެކައުންޓަކުން ކުރި ޓްވީޓެއްގައި ވަނީ އިންޑިއާގެ ހައިކޮމިޝަން ގޮއްވާލަން ބާރުގަދަ ގޮވާޒާތުގެ، "އާރްޑީއެކްސް" ބޭނުންވާ ކަމަށް ބުުނެފައެވެ. އެކަން ވަރަށް އަވަހަށް ކުރާނެ ކަމަށްވެސް އޭނާގެ ޓުވީޓްގައިވެއެވެ. ފުލުހުން ވަނީ އެމައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 42 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ، އެ މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޟިރު ކުރުމުން އޭނާގެ ބަންދަށް 7 ދުވަސް ޖަހާދީފައިވާ ކަމަށެވެ. މީގެ ކުރިން ރައްޔިތުންގެ މަޖިލީސް ގޮއްވާލާނެ ކަމަށް އިންޒާރުދިން މީހަކުވެސް ފުލުހުން ހައްޔަރު ކޮށްފައިވެއެވެ. ނަމަވެސް ފަހުން އެމީހާ ވަނީ ދޫކޮށްލާފައެވެ.

އެމައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އެމްޑީޕީގެ މެމްބަރެއް ކަމަށްވާ މުހަންމަދު އިނާދެވެ. އެމްޑީޕީން ބުނީ އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން އިންޒާރުދީ ޓްވީޓްކޮށްފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ މުޙައްމަދު އިނާދު ގެ މައްޗަށް ފުލުހުން ހިންގާ ތަޙުޤީޤަށް ބަލާ މުޙައްމަދު އިނާދު ޕާޓީން ވަކިކުރުމަށް ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

އިންޑިޔާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ދިނުމާއި ގުޅިގެން އެތަނުގެ ސަލާމަތީ ފިޔަވަޅުތަށް މިހާރު ވަނީ ވަރުގަދަކޮށްފައެވެ. ފުލުހުން ގެންދަނީ އެމައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން