ސަރުކާރު ވައްޓާލާން ބޭރު ގައުމުތަކާއި ޖެހިގަތުމަކީ ރަނގަޅު ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރީކޯ މޫސަ ވިދާޅުވީ ބަޣާވާތްކޮށް، ސަރުކާރު ވައްޓާލާން ސިޔާސީ މީހުން އެކަކު އަނެކަކާއި ދިމާލަށް ގޮވާނެ އެއްޗެއް ގޮވަންވީކަމަށެވެ. ނަމަވެސް އެކަން ހާސިލްކުރަން ބޭރު ގައުމުތަކާއި ޖެހިގަތުމަކީ ރަނގަޅުކަމެއް ނޫންކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ދެން ވެރިކަމަށް އަންނަ ބަޔަކުވެސް ބޭރު މީހުންގެ ރުހުން ހޯދަން ބޭނުންވާނެކަމަށެވެ.
މޫސަ ވިދާޅުވީ ފާއިތުވި 16 އަހަރުވެސް ރާއްޖޭގައި ކުރި މުޒާހަރާތަކުގައި ސިޔާސީ މީހުން އެންމެ އަވަހަށް ހިމާޔަތް ހޯދަން ވަންނަނީ ބޭރުގެ އެމްބަސީތަކަށް ކަމަށެވެ. މޫސަ އެވިދާޅުވާ ގޮތަށް މިފަހުގެ ތާރީޚެއްގައި ރާއްޖޭގައި ބޭރުގެ އެމްބަސީއަކަށް ވަދެ ހިމާޔަތް ހޯދާފައިވަނީ އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ހިމާޔަތް ހޯއްދަވައިގެން ރައީސް ނަޝީދު ދުވަސް ތަކެއް ވަންދެން އެތަނުގައި އުޅުއްވިއެވެ.
ރާއްޖޭގައި ތިބޭ އިންޑިޔާގެ ޑިޕްލޮމޭޓުންނަށް އަމާޒުކޮށް ތަފާތު ހަބަރުތައް ފަތުރަމުންދާއިރު، އިންޑިއާ ސަރުކާރުގެ އެންގުމަށް ދިވެހި ސަރުކާރުން ވަނީ އެކަންކަން ހުއްޓާލުމަށް އަންގާފައެވެ. ނަމަވެސް މިކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. އަދި މިއީ ވަކި ބަޔަކަށް އަޅުވެތިވުން ކަމަށްވެސް ބައެއް ފަރާތްތަކުން ސިފަކުރަމުން ދެއެވެ.
ނަމަވެސް ސަރުކާރުން ބުނާގޮތުން ރާއްޖޭގައި ތިބޭ ބޭރުގެ ޑިޕްލޮމެޓުންގެ މަސައްކަތްތަކަށް ކަނަކަން ފަހިކޮށްދީ، އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުން ދިވެހި ސަރުކާރަށް ލާޒިމްވާ ކަންކަމެވެ.

ސަރުކާރުވައްޓަން ބަޣާވާތްކުރަން ރާއްޖޭގެ ސިޔާސީ މީހުން އެކަކު އަނެކަކަށް ގޮވުނުހާއެއްޗެއް ގޮވަންވީ ބޭރުޤައުމުތަކާ ޖެހިގަނެގެން ރާއްޖޭގެ ސިޔާސީ ކަންކަމުން ކުރިހޯދުން ރނގަޅެއް ނޫން ދެންއަންނަރައީސުންވެސް ތިބޭނީ އެމީ ހުންގެ ރުހުންލިބޭތޯ ތަށްމިނަށް ހެވިފަ
— Moosa Maniku (Reeko) (@ReekoMoosa) July 5, 2021

ކިޔުންތެރިންގެ ހިޔާލު