ކޯވިޑާއި ގުޅިގެން ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ތައާރަފްކޮށްފައިވާ "ވިޔަފާރި ދިރުން" ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސަރުކާރާއި އެސްޑީއެފްސީ މެދުވެރިކޮށް ތައާރަފްކުރި މިލޯނަކީ ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދީ، ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރިތައް ކުރިއެރުވުމަށް ދޫކުރާ ލޯނެކެވެ.
މިލޯނު ސްކީމްގެ ދަށުން އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ލިބޭަައިރު، އަނބުރާ ދައްކަން 5 އަހަރާއި 8 މަސްދުވަހުގެ މުއްދަތެއް ލިބެ އެވެ. އަދި ގްރޭސް ޕީރިއަޑެއްގެ ގޮތުގައި 2 އަހަރާއި 1 މަސް ދުވަސް ލިބެއެވެ. މިލޯނުގެ އިންޓްރެސްޓަކީ އަހަރަކު 6 ޕަސަންޓެވެ.
އެކި ބައިބަޔަށް ބަހާލައިގެން ހުޅުވާލަން ހަމަޖެހިފައިވާ މިލޯނަށް މިފަހަރު ހުޅުވާލި ފުރުސަތުގައި ލޯނަށް އެދެވޭނީ، ޖިމް، ކެފޭ، ރެސްޓޯރަންޓް، ސެލޫން އަދި ގެސްޓް ހައުސް ވިޔަފާރި ހިންގާ ފަރާތްތަކަށެވެ.
ވިޔަފާރި އެހީ ލޯނުގައި ވިޔަފާރިތަކަށް ތިން ޕެކޭޖެއްގެ ތެރެއިން ލޯނު ދޫކުރާނެ އެވެ. އެއީ ވިޔަފާރި ހިންގަން ބޭނުންވާ ވޯކިން ކެޕިޓަލާއި ހިނގަމުންދާ ޕްރޮޖެކްޓްތައް ނިންމުމަށް ޕްރޮޖެކްޓް ކެޕިޓަލް އަދި ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ފުޅާކުރުމަށާއި ސިންދަފާތުކުރަން ބިޒްނަސް ސަސްޓެއިނަބިލިޓީ ލޯނެވެ.
އެސްޑީއެފްސީން މައުލޫމާތު ދޭ ގޮތުގައި މި ލޯނުތަކަަށް އެ ބޭންކުގެ އޮންލައިން ޕޯޓަލުން ހުށަހެޅޭނެއެވެ.
ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ގެއްލުންތަކުން އަރައިގަތުމަށްޓަކާ ސަރުކާރުން އަންނަނީ ސްޓިމިއުލަސް ޕެކޭޖުތަކާއި އެކި ސްކީމްތަކުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މިހާތަނަށް ރިލީފް ލޯނުގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި ވަރަށްފަހުން ސަރުކާރުން ވަނީ އިކޮނޮމިކް ސްޓިމިއުލަސް ލޯނާއި، އިކޮނޮމިކް ސަސްޓެއިނަބަލް ލޯނެއްވެސް ތައާރަފްކޮށްފައެވެ. ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް ފިނޭންސް މިނިސްޓްރީން ވަނީ 20 މިލިއަން ޔޫރޯ ޚާއްޞަކޮށްފައެވެ. އަދި ކޮވިޑް-19 ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނުގައި މިހާރު ހިނގަމުންދާ ވިޔަފާރިތަކުގެ ތެރެއިން ކެފޭ/ ރެސްޓޯރަންޓް، ޖިމް، ސެލޫން އަދި ގެސްޓްހައުސް ވިޔަފާރި ހިންގާ ފަރާތްތަކަށް ގިނަވެގެން 1 މިލިޔަން ރުފިޔާ ދޫކުރުމަށް ވަނީ ނިންމާފައެވެ.

“Viyafaari Dhirun” loan open for application now via our online portal on our website.@MoEDmv @faya_i pic.twitter.com/BMKv1uA8hB
— SME Development Finance Corporation (@SDFC_mv) July 3, 2021
ވިޔަފާރި އެހީ ލޯނުގައި ވިޔަފާރިތަކަށް ތިން ޕެކޭޖެއްގެ ތެރެއިން ލޯނު ދޫކުރާނެ އެވެ. އެއީ ވިޔަފާރި ހިންގަން ބޭނުންވާ ވޯކިން ކެޕިޓަލާއި ހިނގަމުންދާ ޕްރޮޖެކްޓްތައް ނިންމުމަށް ޕްރޮޖެކްޓް ކެޕިޓަލް އަދި ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ފުޅާކުރުމަށާއި ސިންދަފާތުކުރަން ބިޒްނަސް ސަސްޓެއިނަބިލިޓީ ލޯނެވެ.
އެސްޑީއެފްސީން މައުލޫމާތު ދޭ ގޮތުގައި މި ލޯނުތަކަަށް އެ ބޭންކުގެ އޮންލައިން ޕޯޓަލުން ހުށަހެޅޭނެއެވެ.
ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ގެއްލުންތަކުން އަރައިގަތުމަށްޓަކާ ސަރުކާރުން އަންނަނީ ސްޓިމިއުލަސް ޕެކޭޖުތަކާއި އެކި ސްކީމްތަކުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މިހާތަނަށް ރިލީފް ލޯނުގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި ވަރަށްފަހުން ސަރުކާރުން ވަނީ އިކޮނޮމިކް ސްޓިމިއުލަސް ލޯނާއި، އިކޮނޮމިކް ސަސްޓެއިނަބަލް ލޯނެއްވެސް ތައާރަފްކޮށްފައެވެ. ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް ފިނޭންސް މިނިސްޓްރީން ވަނީ 20 މިލިއަން ޔޫރޯ ޚާއްޞަކޮށްފައެވެ. އަދި ކޮވިޑް-19 ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނުގައި މިހާރު ހިނގަމުންދާ ވިޔަފާރިތަކުގެ ތެރެއިން ކެފޭ/ ރެސްޓޯރަންޓް، ޖިމް، ސެލޫން އަދި ގެސްޓްހައުސް ވިޔަފާރި ހިންގާ ފަރާތްތަކަށް ގިނަވެގެން 1 މިލިޔަން ރުފިޔާ ދޫކުރުމަށް ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު