ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަގާމުން ވަކިކޮށްފައިވާ ޑރ. އަހުމަދު އިޔާޒަށް އަނބުރާ ވަޒީފާ ދިނުމަކީ ހެޔޮވާވަރުގެ ކަމެއް ނޫންކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އަލީ އާޒިމް މިހެން ވިދާޅުވެފައި މިވަނީ، ގައުމީ ޔުނިވަސިޓީގެ ވަޒީފާއިން ވަކިކުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދިއުމަށް އިޔާޒު ނިންމަވާފައި ވަނިކޮށެވެ.
އާޒިމް ވިދާޅުވީ އިޔާޒަކީ، އަންހެނުން ތިބެއްވާނީ ހަމައެކަނި ފިރިހެނުން އުފާކޮށްދީ، ދަރިންބަލާ، ފިރިހެނުންގެ ހިދުމަތުގައިކަން ވިސްނައިދިނުމަށް މަސައްކަތް ކުރާ މީހެއްކަމަށެވެ. އެހެންކަމުން އޭނާއަށް ވަޒީފާދޭން ހެޔޮނުވާނެކަމަށް އާޒިމް ވިދާޅުވިއެވެ.
"އަންހެނުން ތިބެއްވާނީ ހަމައެކަނި ފިރިހެނުން އުފާކޮށްދީ، ދަރިންބަލާ، ފިރިހެނުންގެ ހިދުމަތުގައިކަން ވިސްނާދިނުމަށް މަސައްކަތްކުރާ މީހެއް. ވަޒީފާދޭން ހެޔޮނުވާނެ" އާޒިމް ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއިން ޑރ. އިޔާޒު ވަކިކުރީ މިމަހުގެ ފުރަތަމަ ދުވަހުއެެވެ. އޭގެކުރިންވެސް އެފަދަ އެކި މައްސަލަތަކުގައި ޔުނިވަރސިޓީން ވަނީ ޑރ، އިޔާޒަށް ނަސޭހަތްތެރިވެ، އަދި އިންޒާރުވެސް ދީފައެވެ.
ޑރ. އިޔާޒު ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ ވަޒީފާގެ މަސްއޫލިއްޔަތު އަދާނުކޮށްގެން ނޫންކަމަށާއި އެއީ ސިޔާސީ ގޮތުން ދެބަސްވެގެން ދިން އަދަބެއްކަމަށެވެ. އަދި އެއީ ބޭއިންސާފުން އަޅާފައިވާ ފިޔަވަޅެއްކަމަށްވެސް އިޔާޒު ވިދާޅުވެފައިވެއެވެ.
އިޔާޒު ވިދާޅުވީ ޤާނޫނީ ބޭފުޅުންނާއި މަޝްވަރާކޮށްގެން މިމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން މަސައްކަތްކުރަމުންދާކަމަށެވެ.
ގައުމީ ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރގެ މަޤާމުން ޑރ. އިޔާޒު ވަކިކުރީ އަންހެން ކުދިން ހިތާނު ކުރުމާއި ގުޅިގެން ދެއްކި ވާހަކަތަކެއްގެ ސަބަބުން، އެމައްސަލަ ޔުނިވަރސިޓީން ބެލުމަށްފަހުއެވެ. ނަމަވެސް އިޔާޒު ވިދާޅުވާ ގޮތުން އޭނާއަކީ އެކަމަށް އެއްވެސް ވަރަކަށް ތާއީދުކޮށް، ހިތްވަރުދޭ މީހެއް ނޫނެވެ.
ޑރ. އިޔާޒަށް ފިޔަވަޅު އެޅި މައްސަލައިގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއާއި، އަދާލަތު ޕާޓީގެ އިތުުރުން ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ދަނީ ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު