ކުޑަކުއްޖަކު ލައްވައި ހަށިވިއްކުވި ކަމުގެ ތުހުމަތުގައި ލަންކާއިން ހައްޔަރުކުރީ ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ކަމަށް ލަންކާ ފުލުހުންނާ ޙަވަލާދީ ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ސްރީލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި އުމުރުން 15 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ލައްވާ ހަށި ވިއްކުވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި 45 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ހިމެނޭ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. އަޝްމަލީ ހައްޔަރު ކުރީ ކުއްޖާއާ ޖިންސީ ގުޅުން ހިންގަން ދިޔަ ކަސްޓަމަރެއް ކަމަށް ތުހުމަތު ކުރެވުމާއި، އެ ނެޓްވޯކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ތުހުމަތުގައެވެ. އެ މައްސަލާގައި 32 މީހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ކުއްޖާގެ މަންމަވެސް ހިމެނެއެވެ.
ލަންކާ ފުލުހުން ބުނީ މިކުއްޖާގެ ފަރާތުން ނާޖާއިޒް ފައިދާ ހޯދަމުން ގެންދާތާ ތިން މަހެއްހާ ދުވަސް ވެފައިވާ ކަމަށެވެ. އެގޮތުން ކުޑަކުއްޖާގެ ބޭނުން ނަހަމަގޮތުގައި ހިފުމަށް ވެބްސައިޓަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މިކަން އިޝްތިހާރުކޮށް ކުއްޖާ ގަންނަން ބޭނުންވާ މީހުންނަށް މައުލޫމާތު ފޯރުކޮށްދެމުން ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ ކުއްޖާގެ ކިބައިން ނާޖާއިޒު ފައިދާ ނަގަމުން ދިޔަ މައްސަލަ ލަންކާ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ލަންކާގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު