އެފް އެސް އެމްގެ އީޒީފިލް (ފޮޓޯ:- ޝާހް-ރަސް)
އެފް އެސް އެމްގެ އީޒީފިލް (ފޮޓޯ:- ޝާހް-ރަސް)
އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްތަކުން ޚިދުމަތް ލިބޭނީ މާސްކު އަޅައިގެން ތިބޭ މީހުންނަށް އެކަނި ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް އިން ބުނެފިއެވެ.

އެފްއެސްއެމުން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެކުންފުނީގެ ޕެޓްރޯލް ޝެޑްތަކަށް ވަދެވޭނީ އަދި ޚިދުމަތް ލިބޭނީވެސް ހަމައެކަނި މާސްކް އަޅައިގެން ތިބޭ ކަސްޓަމަރުންނަށް އެކަނި ކަމަށެވެ.

މިއީ އެކުންފުނީގެ މުވައްޒަފުންނާއި އަދި ޚިދުމަތް ހޯދަން އަންނަ އެހެން ފަރާތްތަކުގެވެސް ރައްކާތެރިކަމަށްޓަކައި އަޅާ ފިޔަވަޅެއް ކަމަށް އެފްއެސްއެމުން ބުނެއެވެ.

ރައްކާތެރިކަމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން އެފްއެސްއެމްގެ ޕެޓްރޯލް ޝެޑުތަކުގައި ނަގުދު ފައިސާގެ މުއާމަލާތްތައް ކުރާ މިންވަރު މަދުކުރުމަށްޓަކައި ޚިދުމަތް ހޯދާ ފަރާތްތަކަށް ބީއެމްއެލްގެ ކާޑުތައް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމްވެސް މިހާރުވަނީ ހަމަޖައްސާފައެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުން އަންނައިރު، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ފްރަންޓްލައިންގައި ޙަރަކާތްތެރިވާ ގިނަބަޔަކު ދަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވަމުންނެވެ.

މިކަމާ ގުޅިގެން މުވައްޒަފުންގެ ސަލާމަތަށްޓަކައި ގިނަ ކުންފުނިތަކުން ގެންދަނީ، ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން