އިދިކޮޅު ޕީޕިއެމް-ޕީއެންސީ ކޯލިޝަންގެ ތާއިދު އަބަދުވެސް އޮންނާނީ ރިޔާސީ ނިޒާމަށް ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު މިރޭ ވިދާޅުވެއްޖެއެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މިހެން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ފޮރުޅާލަން ރައީސް މުޙައްމަދު ނަޝީދު ކުރަށްވާ މަސައްކަތްޕުޅަށް ރައީސް ޔާމީނާއި ޕީޕީއެމްގެ ތާއިދު ލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިރޭ ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދުދެއްވަމުންނެވެ. ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ޕީޕީއެމް، ޕީއެންސީގެ ތާއިދު އަބަދުވެސް އޮންނާނީ ރައްޔިތުން ނިއްމާފައިވާ ރިޔާސީ ނިޒާމަށް ކަމަށެވެ.
2023 ވަނަ އަހަރު ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް ރައީސް ނަޝީދު އިއުލާން ކުރައްވާފައިވާތީ އެކަމަށް އިޝާރަތް ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، ރައްޔިތުންގެ ތާއިދު އެންމެ ބޮޑު ސިޔާސީ ލީޑަރަކީ ރައީސް ޔާމިން ކަމަށެވެ.
"އިންޝާ ﷲ 2023 ގައި ރައީސް ޔާމީނަށް ކާމިޔާބުވުމުގެ ފުރުސަތު އަންނަނީ ފުޅާވަމުން." އާދަމް ޝަރީފް ވިދާޅުވިއެވެ.
މިރޭ ކުރިއަށް ގެންދިޔަ އާސްކް ސްޕީކަރ ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވެން ޖެހޭނެ ކަމަށެވެ.
"ރައީސް ޔާމީނަށް ދެރައެއް ލިބުމަށް އަޅުގަނޑެއް ނޭދެން. ރައީސް ޔާމީނަށް ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރެވެން ޖެހޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް މިހާރުވެސް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެހުކުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފައެވެ. އެ ހުކުމް ސްޕްރީމް ކޯޓުން ދަމަހައްޓައިފިނަމަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވާދަކުރުމުގެ ފުރުސަތު ގެއްލޭނެއެވެެ. މިހާރު އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމެގެ އިތުރުން އިތުރު ހުކުމްތަކެއް އަންނާނެ ދައުވާތަކެއް ވެސް އެމަނިކުފާނުގެ މައްޗަށް މިހާރު ވެސް ވަނީ ދައުލަތުން އުފުލާފައެވެ.

Raajjeyge rayyithunge thaaeedhu mihaaru emme bodu siyaasee leader akee RY. IA, 2023 gai RY ah kaamiyaabu vumuge furusathu annanee fulhaavamun. PPMPNC ge thaaeedhu onnaanee rayyithun nimmaafaivaa Riyaasee nizaamah. https://t.co/Aer0PcXEea
— Adam Shareef Umar (@Adamshareefz) July 5, 2021
2023 ވަނަ އަހަރު ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް ރައީސް ނަޝީދު އިއުލާން ކުރައްވާފައިވާތީ އެކަމަށް އިޝާރަތް ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، ރައްޔިތުންގެ ތާއިދު އެންމެ ބޮޑު ސިޔާސީ ލީޑަރަކީ ރައީސް ޔާމިން ކަމަށެވެ.
"އިންޝާ ﷲ 2023 ގައި ރައީސް ޔާމީނަށް ކާމިޔާބުވުމުގެ ފުރުސަތު އަންނަނީ ފުޅާވަމުން." އާދަމް ޝަރީފް ވިދާޅުވިއެވެ.
މިރޭ ކުރިއަށް ގެންދިޔަ އާސްކް ސްޕީކަރ ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވެން ޖެހޭނެ ކަމަށެވެ.
"ރައީސް ޔާމީނަށް ދެރައެއް ލިބުމަށް އަޅުގަނޑެއް ނޭދެން. ރައީސް ޔާމީނަށް ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރެވެން ޖެހޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް މިހާރުވެސް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެހުކުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފައެވެ. އެ ހުކުމް ސްޕްރީމް ކޯޓުން ދަމަހައްޓައިފިނަމަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވާދަކުރުމުގެ ފުރުސަތު ގެއްލޭނެއެވެެ. މިހާރު އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމެގެ އިތުރުން އިތުރު ހުކުމްތަކެއް އަންނާނެ ދައުވާތަކެއް ވެސް އެމަނިކުފާނުގެ މައްޗަށް މިހާރު ވެސް ވަނީ ދައުލަތުން އުފުލާފައެވެ.
ކިޔުންތެރިންގެ ހިޔާލު