2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަށްވާނީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ކަމަށާއި ރައީސް ޞާލިހު ކުރިމަތިލައްވާނަމަ ޕްރައިމަރީއެއް ނޯންނާނެ ކަމަށް އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
2023 ގައި ރިޔާސީ އިންތިހާބެއް ބާއްވާނަމަ އެމްޑީޕީގެ ކެންޑިޑޭޓަކަށް ވެވަޑައިގަންނަވާނެ ކަމަށާއި އަދި ރައީސް ކަމަށް ކުރިމަތިލައްވާނެކަން ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިރޭ ވަނީ އިއުލާންކުރައްވާފައެވެ. އަދި އެމްޑީޕީން ރިޔާސީ ޕްރައިމަރީއެއް ބާއްވައިފިނަމަ އެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށްވެސް އެމަނިކުފާނު މިރޭ ވަނީ ވިދާޅުވެފައެވެ.
އެކަމަށް އިޝާރަތްކުރައްވައި މަޖިލީހުގެ ކުރީގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުުމީ ވިދާޅުވީ، އެމްޑީޕީ ގެ 2023 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ކަމަށެވެ. އަދި އެމްޑީޕީން ރައީސް ކަމަށް ކުރިމަތިލައްވާނެ ކެންޑިޑޭޓަކަށްވާނީ އެމަނިކުފާނު ކަމަށް އަލްހާން ވިދާޅުވިއެވެ. އަލްހާން ވިދާޅުވީ ރައީސް ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލައްވާނަމަ އެމްޑީޕީގައި ޕްރައިމަރީއެއް ނޯއްނާނެ ކަމަށެވެ.
"ރައީސް ޞާލިހު ދެވަނަ ދައުރަކަށް ލައްވާނަމަ ޕްރައިމަރީއެއް ނޯންނާނެ! އެމެރިކާގައިވެސް އެކަން ކުރަނީ އެހެން! ކޮބާ ބެސްޓް ޕްރެކްޓިސް؟" އަލްހާން ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިރޭ ވިދާޅުވީ 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބު އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އިންތިޚާބު ބާއްވައިފިނަމަ އެމްޑީޕީގެ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ދެހާސް ތޭވީހުގައި ރިޔާސީ އިންތިހާބެއް އޮންނަ ނަމަ އަޅުގަނޑު ވާނީ އެމްޑީޕީގެ ކެންޑިޑޭޓަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީ ގެ 2023 ވަނަ އަހަރުގެ ރިއާސީ ކެންޑިޑޭޓަކަށް ވާނީ ރައީސް @ibusolih ކުރިމަތިލައްވާނަމަ އެމަނިކުފާނު!
— 𝗔𝗹𝗵𝗮𝗻 𝗙𝗮𝗵𝗺𝘆 - 𝗔𝗙 (@AlhanFahmy) July 5, 2021
ދެވަނަ ދައުރަކަށް ލައްވާނަމަ ޕްރައިމަރީ އެއް ނޯންނާނެ! އެމެރިކާގައިވެސް އެކަން ކުރަނީ އެހެން! ކޮބާ ބެސްޓް ޕްރެކްޓިސް؟ @MohamedNasheed pic.twitter.com/C21Fp2vTgF
"ރައީސް ޞާލިހު ދެވަނަ ދައުރަކަށް ލައްވާނަމަ ޕްރައިމަރީއެއް ނޯންނާނެ! އެމެރިކާގައިވެސް އެކަން ކުރަނީ އެހެން! ކޮބާ ބެސްޓް ޕްރެކްޓިސް؟" އަލްހާން ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިރޭ ވިދާޅުވީ 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބު އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އިންތިޚާބު ބާއްވައިފިނަމަ އެމްޑީޕީގެ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ދެހާސް ތޭވީހުގައި ރިޔާސީ އިންތިހާބެއް އޮންނަ ނަމަ އަޅުގަނޑު ވާނީ އެމްޑީޕީގެ ކެންޑިޑޭޓަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު