ރާއްޖެއިން އިތުރު 129 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 74،480 އަށް އަރާފަ އެވެ.
އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މާލެ ސަރަހައްދުން ބަލި ޖެހިފައިވަނީ 15 މީހުންނަށް ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 111 މީހުން އަތޮޅުތަކުގެ ތެރެއިން ޕޮޒިޓިވްވެފައިވާއިރު ރިސޯޓަކުން ވެސް ދެ މީހަކު ޕޮޒިޓިވްވެފައި ވެއެެވެ.
ކޮވިޑް ޖެހިގެން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 25 މީހުންނަށެވެ. އޭގެތެރެއިން ހާލުބޮޑުވެ ވެންޓިލޭޓަރުގައި ފަރުވާ ދެނީ އެންމެ މީހަކަށެވެ. އެހެން އެންމެންގެ ހާލު ރަނގަޅު ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.
މިއަދާ ހަމަޔަށް 213 މީހަކު ވަނީ ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވެފަ އެވެ.
މާލެ ސަރަހައްދުގެ ޕޮޒިޓިވް ނަންބަރުތައް މިހާރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އެޅި ފިޔަވަޅުތަކަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ސަރުކާރުން ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. ނަމަވެސް ކޯވިޑުން ރައްކާތެރިވުމަށް އަޅަން ޖެހޭ ޚާއްޞަ ފިޔަވަޅުތަކަށް ފަރުވާ ކުޑަކޮށްފި ނަމަ ދެތިން ދުވަހުގެ ތެރޭގައި ހާލަތު ބަދަލުވާން ފަށާނެ ކަމަށް ކަމާބެހޭ ބޭފުޅުން ވިދާޅުވެއެވެ. އެހެންކަމުން ދީފައިވާ ދޫތަކާއެކު އާންމު ދިރުއުޅުމުގައި ކޯވިޑާއެކު އުޅުމަށް އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އަޅައިގެން އުޅުމަށް ސަމާލުވުމަށް ސިއްހީ މާހިރުން އިލްތިމާސް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު