އެމްޑީޕީއަކީ އުސޫލުގައި ހިފަހައްޓަންޖެހޭނެ ޕާޓީއެއް ކަމަށާއި، އުސޫލުގައި ހިފަހައްޓާނަމަ ޕާޓީން 2023 ވަނަ އަހަރު ރިޔާސީ ޕްރައިމަރީއެއް ނުބާއްވާނެ ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު، ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރިޔާސީ ޕްރައިމަރީއެއް ބާއްވާނަމަ އެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އެޕާޓީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ރޭ ވަނީ އިއުލާންކުރައްވާފައެވެ. އަދި 2023 ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށް ވިދާޅުވެ ރައީސް ކަމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ރައީސް ނަޝީދު ވަނީ ފާޅުކުރައްވާފައެވެ.
އެކަމަށް އިޝާރަތް ކުރައްވައި އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި މޫސާ މަނިކު ވިދާޅުވީ، އެމްޑީޕީއަކީ އުސޫލު ހިފަހައްޓަންޖެހޭ ބައެއްް ކަމަށެވެ. އަދި 2013ގައި ރިޔާސީ އިންތިޚާބަށް ރައީސް މުހަންމަދު ނަޝީދު ކުރިމަތިލެއްވީ ޕްރައިމަރީއަކާއި ނުލައި ކަމަށް މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވައި ރައީސް ނަޝީދު ވަނީ 2008 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަަހަރަށް ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަގާމު އަދާކުރައްވާފައެވެ. ރައީސް ނަޝީދު ރައީސް ކަމަށް ކުރިމަތިލެއްވީ ވެރިކަމުގެ އެއްދައުރަށް ހޮވުނު މީހަކަށް ދެ ދައުރު ދޭންޖެހޭނެ ކަމަށް ގައުމީ މަޖިލީހުގެ އިއްތިފާގުން ނިއްމުމުން ކަމަށް މޫސަ ވިދާޅުވިއެވެ.
"2023 ގައި ރިޔާސީ ޕްރައިމަރީއެއް އެމްޑީޕީން ނުބާއްވާނެ." މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ރޭ ވިދާޅުވީ 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބު އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އިންތިޚާބު ބާއްވައިފިނަމަ އެމްޑީޕީގެ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ދެހާސް ތޭވީހުގައި ރިޔާސީ އިންތިހާބެއް އޮންނަ ނަމަ އަޅުގަނޑު ވާނީ އެމްޑީޕީގެ ކެންޑިޑޭޓަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

MDPއަކީ އުސޫލުހިފަހައްޓާންޖެހޭނެބައެއް 2013 ގެ އިންތިޚާބަށް ކުރީގެރައީސް (ރައީސްނަޝީދު)ޕްރައިމަރީއަކާނުލާ ކުރިމަތިލެއްވީ ޤައުމީ މަޖްލީހުގެ އިއްތިފާޤުން ވެރިކަމަށްއެއްދަވްރަށް ހޮވުނުމީހަކަށްދެދަވްރު ދޭންދެހޭނެކަމަށްނިންމީމަ
— Moosa Maniku (Reeko) (@ReekoMoosa) July 5, 2021
2023އަށް ރ ޕްރައިމަރީއެއް MDP ނުބާއްވާނެ
އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވައި ރައީސް ނަޝީދު ވަނީ 2008 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަަހަރަށް ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަގާމު އަދާކުރައްވާފައެވެ. ރައީސް ނަޝީދު ރައީސް ކަމަށް ކުރިމަތިލެއްވީ ވެރިކަމުގެ އެއްދައުރަށް ހޮވުނު މީހަކަށް ދެ ދައުރު ދޭންޖެހޭނެ ކަމަށް ގައުމީ މަޖިލީހުގެ އިއްތިފާގުން ނިއްމުމުން ކަމަށް މޫސަ ވިދާޅުވިއެވެ.
"2023 ގައި ރިޔާސީ ޕްރައިމަރީއެއް އެމްޑީޕީން ނުބާއްވާނެ." މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ރޭ ވިދާޅުވީ 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބު އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އިންތިޚާބު ބާއްވައިފިނަމަ އެމްޑީޕީގެ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ދެހާސް ތޭވީހުގައި ރިޔާސީ އިންތިހާބެއް އޮންނަ ނަމަ އަޅުގަނޑު ވާނީ އެމްޑީޕީގެ ކެންޑިޑޭޓަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު