އެމްޓީސީސީގެ "ހުނަވަރު ޓެކްނިކަލް ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2021" އަށް ކެންޑިޑޭޓުން ކުރިމަތިލުމަށް މިއަދު ހުޅުވާލައިފިއެވެ.

ހުނަވަރު ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ހުނަވަރު ޕްރޮގްރާމްގެ މަޤްސަދަކީ ތަމްރީނާއި ތަޖުރިބާ ލިބިފައިތިބި މަސައްކަތްތެރި މުއައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުންކަމަށް އެމްޓީސީސީން ބުނެއެވެ. މިގޮތުން މިއަދު އިޢުލާނު ކުރި "ހުނަވަރު ޓެކްނިކަލް

ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ދަށުން، ކޮންސްޓްރަކްޝަން ސައިޓްތަކުގެ އެސިސްޓަންޓް ސުޕަވައިޒަރުންނާއި، މަގުހެދުމުގެ މަޝްރޫޢުތަކަށް ބޭނުންވާ މުއައްޒަފުންނާއި، ވެލްޑިންގް ގެ ދާއިރާއަށް ބޭނުންވާ މުއައްޒަފުން ތަމްރީން ކުރެވޭނެއެވެ.



މި ޕްރޮގްރާމް ހިންގޭނީ 3 މަސް ދުވަހުގެ މުއްދަތަށެވެ. ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހުން ބުރާސްފަތީގެ ނިޔަލަށް ހެނދުނު 7:00އިން މެންދުރު 3:00 އަށް ހިންގާ މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް 5000 ރުފިޔާގެ އެލަވަންސެއް ކޮންމެ މަހަކު ދޭނެކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ދިރިއުޅޭ ރަށްނޫން ރަށެއްގައި ޕްރޮގްރާމް ކުރިއަށް ގެންދާނަމަ ހުރުމާއި ކެއުމުގެ ޙަރަދުވެސް އެމްޓީސީސީން ހަމަޖައްސަދޭނެކަމަށް އެކުންފުނިން ބުނެއެވެ.

"ހުނަވަރު ޓެކްނިކަލް ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ދަށުން 50 ފަރާތެއް ތަމްރީން ކުރަން ވަނީ ހަމަޖެބިފައެވެ.

އެއީ ކޮންސްޓްރަކްޝަން ސައިޓްތަކުގެ އެސިސްޓަންޓް ސުޕަވައިޒަރުންގެ މަޤާމަށް 30 ފުރުސަތު، މަގުހެދުމުގެ މަޝްރޫޢުތަކަށް ބޭނުންވާ މަޤާމުތަކަށް 10 ފުރުސަތު އަދި ވެލްޑިންގް ގެ ދާއިރާތަކަށް 10 ފުރުސަތެވެ. އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ކުށުގެ ރިކޯޑްނެތް ދިވެހިންނަށް ހުޅުވާލާފައިވާ މި ޕްރޮގްރާމަށް ކުރިމަތިލެވޭ އެންމެ ފަހު ތާރީޚަކީ 14 ޖުލައި 2021އެވެ. އަދި އިންޓަރވިއު މަރުޙަލާއަށްފަހު ހޮވޭ ބައިވެރިންނާއެކު މި ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ 15 އޯގަސްޓް 2021 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން