ރައީސް ނަޝީދަށް ޙަމަލާދިން ސަރަޙައްދުގައި ފުލުހުން ޙަރަކާތްތެރިވަނީ
ރައީސް ނަޝީދަށް ޙަމަލާދިން ސަރަޙައްދުގައި ފުލުހުން ޙަރަކާތްތެރިވަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލުމަށް ފަންޑުކުރި މީހުން، އެހަމަލާގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ދިފާޢީ ވަކީލުންނަށް އެނގޭނެ ކަމަށް ބުނެ ރައީސް ނަޝީދުގެ ކޮއްކޮ އުސްތާޛު ނާޒިމް އަބްދުއް ސައްތާރު ކުރެއްވި ތުހުމަތާއެކު އެ މައްސަލައިގެ ދިފާޢީ ވަކީލުން މައްސަލަ ދޫކޮށްލައި މައްސަލައިން ތަނާޒުލް ވެއްޖެއެވެ.

މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބާރުގަދަ އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާގެ ތުހުމަތުގައި އަށް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އޭގެތެރެއިން ފުލުހުން ހާމަކޮށްފައިވަނީ 4 މީހެއްގެ ވަނަވަރެވެ.

އޭގެ ތެރެއިން ބައެއް މީހުންނަށް، ވަކީލުން ހަމަޖައްސާފައި ވާއިރު، އެކަން ތުހުމަތު ކުރެވޭ ބައެއް މީހުންނަށާއި އެމީހުންގެ އާއިލާތަކަށް ނޭނގޭ ކަމަށް ވެއެވެ. އެކަމާ ގުޅިގެން ނާޒިމް ވަނީ، އެހަމަލައަށް ފަންޑުކުރި މީހުން، ވަކީލުން މަސައްކަތް ކުރަށްވާ ލޯ ފާރމްގެ ވެރިންނަށް އެނގޭނެ ކަމަށް ތުހުމަތު ކޮށްފައެވެ. ނަމަވެސް ލޯފާމުން ވަނީ އެ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.



މާލެއަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމުގައި ހުންނަވަނިކޮށް މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމުން އިސްތިއުފާ ދެއްވި މުހައްމަދު ރާގިބު އަހުމަދުގެ ލޯ ފާމްގެ ބައެއް ވަކީލުން، އެ މައްސަލާގެ ބައެއް މީހުންގެ ލޯޔަރުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ މާލޭގެ ގޭންގަކުން ބުނެގެންކަމަށް، ނާޒިމް ތުހުމަތު ކުރަށްވާފައި ވެއެވެ. އެތުހުމަތަށްފަހު އޭގެތެރެއިން ބައެއް ވަކީލުން މިހާރު ވަނީ އަމިއްލައަށް މައްސަލަ ދޫކޮށްލައި އެކަން ރަސްމީކޮށް ކަމާބެހޭ ފަރާތްތަކަށް އަންގައިފަ އެވެ.

އެކަމާ ގުޅިގެން އުސްތާޛު ރާގިބް ވިދާޅުވެފައިވަނީ ޤާނޫނީ ވަކީލުންގެ ހުވާގަ އަދި ވަކީލުން ޢަމަކުރަންޖެހޭ ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ވަކި ބާވަތެއްގެ މައްސަލަތަކުގައި ވަކާލާތު ނުކުރެވޭ އުޞޫލެއް ނޯންނަ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ކުމާރު

09-Jul-2021

ބިރުދައްކާ ނަފުރަތު އުފެއްދީ



ޓްރެންޑިން