ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރަން ޖާގައޮތްތޯ ނެތްތޯ ބަލާނީ ދިވެހި ރައްޔިތުން ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހަންމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު މުހަންމަދު ވަހީދު މިހެން ވިދާޅުވީ ރާއްޖޭގައި ބަރުލަމާނީ ނިޒާމަށް ޖާގަ ނެތް ކަމަށް ރާއްޖޭގައި ތިރީސް އަަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވި ވާހަކަފުޅަށް ރައްދުދެއްވަމުންނެވެ.

ރައީސް މައުމޫންގެ އެވާހަކަފުޅަށް ރައްދު ދެއްވަމުން މެމްބަރު މުހަންމަދު ވަހީދު ވިދާޅުވީ އެކަމަށް ޖާގައޮތްތޯ ނެތްތޯ ބަލާނީ ދިވެހި ރައްޔިތުން ކަމަށެވެ. ރައްޔިތުން އެކަން ކަނޑައަޅައި ނިއްމާނީ އިންސާފުވެރި ވޯޓަކުން ކަމަށް އޭނާ ވިދާޅުވިއެވެ.



"މަނިކުފާނު ކުރިން ނެންގެވި ބާވަތުގެ ކުޑަކާފު ބޮޑު ކާފު ވޯޓަކުން ނޫން." ރައީސް މައުމޫންގެ ދިގު ތިރީސް އަހަރުގެ ވެރިކަމުގައި ރިޔާސީ އިންތިޚާބުގައި ނެގި ވޯޓްތަކަށް އިޝާރަތް ކުރައްވައި ވަހީދު ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމް ބަދަލުކުރުމާއި ގުޅޭގޮތުން މި ސަރުކާރުގެ ކޯލިޝަންގެ އެއް ލީޑަރު އަދި ކުރީގެ ރައީސް, ރައީސް މައުމޫން މިއަދު ވިދާޅުވީ، ދިވެހިރާއްޖޭގެ ޙާލަތާ އެންމެގުޅޭ، ރާއްޖެއަށް އެންމެފައިދާހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ނިންމާފައިވަނީވެސް ރިޔާސީ ނިޒާމަށް ރާއްޖޭގެ ވެރިކަން ހިންގުމަށް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އެހެންކަމުން ބަރުލަމާނީ ނިޒާމަކަށް ރާއްޖެއަކު ޖާގައެއް ނެތްކަމަށާއި އެކަން ވަރަށް ސާފުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މައުމޫން އެ މޭރުމުން ވާހަކަފުޅު ދެއްކެވީ، ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި، އެކަމަށް ބޭނުންވާ ޤާނޫނުތައް އަންނަ އަހަރު ފާސްކުރަންޖެހޭކަމަށް ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ވެރިކަމުގެ ނިޒާމާ ބެހޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގާފައިވާއިރު، އެވޯޓުގައި ރައްޔިތުން ބުރަނީ ރާއްޖޭގައި ރިޔާސީ ނިޒާމު އޮތުމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-5

އިބްރާ

09-Jul-2021

ޑރ. އަފްރާޝިމް އަވަހާރަކޮށްލުމަށްފަހު އެގޮނޑިއަށް ވެޑުވިފައިވާ އިބިލީހެއް.


0

ތީރުމާރު

09-Jul-2021

ވައްޑެ ދަންނަވަންތޯ. ޢިލްމީގޮތުން ގާބިލު, ތަޖުރިބާކާރު މުއައްލިމަކު އެ ވާހަކައަކަށް ކޮންކްލޫސަން ގެންނާނީ ގައުމުގެ ހާލަތާއި, ރައްޔިތުންގެ ފިކުރާއި ގުޅުވައިގެން ހަދާ އެނަލިސިސް އެއްގެ މައްޗަށް. މިފަދަ ކަންކަމަކީ ތިބޭޅާއާއި މަށަށް ފެންނަވަރަށްވުރެ ދުރު ވިސްނުމަކުން ގައުމު ނަންގަވާ މުފައްކިރުން. ކުޑަ މިސާލެއް. 2023 ގައި އެމްޑީޕީ އަކަށް ވެރިކަމެއް ނުލިބޭނެ. މަށަކީ އެންޑީޕީ މެމްބަރެއް. މިއީ އެބުނި ކަހަލަ އެސަމްޝަންއެއް. ދުނިޔޭގަ ހުުންނެވިއްޔާ ބަލަޢްޗޭ



ޓްރެންޑިން