ރ. އިނގުރައިދޫގައި ކަރަންޓީނުގައި ހުރި މީހަކު ކަަރަންޓީން އުސޫލާއި ހިލާފުވެ ބޭރަށް ނުކުމެ އެރަށު ޕޮލިސްޓޭޝަނަށް ގެއްލުން ދީގެން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން މީޑިޔާތަކަށް ފޮނުވި މެސެޖެެއްގައި ބުނެފައިވަނީ އުމުރުން 30 އަހަރުގެ އެމީހާ ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިން މައްސަލާގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އަދި ކަރަންޓީން އުސޫލާއި ހިލާފުވުމުން އެމީހާ 10،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެ އެެވެ. އެ މީހާ އިނގުރައިދޫ ފުލުހުންގެ އިދާރާއަށް ހަމަލާދިން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން