ރާއްޖެއަށް އެންމެ ފައިދާ ހުރީ ބަރުލަމާނީ ނިޒާމެއްތޯ ނުވަތަ ރިޔާސީ ވެރިކަމެއްތޯ ދެނެގަނެވޭނީ ރަނގަޅު ބަހުސަކުން ކަމަށް ރާއްޖޭގެ ކުރީގެ ފަތުރުވެރިކަމާއިބެހޭ ވަޒީރު ޑރ. މަރިޔަމް ޒުލްފާ ވިދާޅުވެއްޖެއެވެ.

ޒުލްފާ މިހެން ވިދާޅުވީ ރާއްޖޭގައި ބަރުލަމާނީ ނިޒާމަށް ޖާގަ ނެތް ކަމަށް ރާއްޖޭގައި ތިރީސް އަަހަރު ވެރިކަން ކުރެއްވި ރައީސް، އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވި ވާހަކަފުޅަށް ރައްދުދެއްވަމުންނެވެ.

ރައީސް މައުމޫންގެ އެވާހަކަފުޅަށް ރައްދު ދެއްވަމުން އެމްޑީޕީގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރކަން ކުރެއްވި ޒުލްފާ ވިދާޅުވީ ރާއްޖެއަށް އެންމެ ފައިދާ ބޮޑީ ބަރުލަމާނީ ނިޒާމުތޯ ނުވަތަ ރިޔާސީ ވެރިކަމެއްތޯ ދެނެގަނެވޭނީ ރަނގަޅު ބަހުސެއްކޮށް، ފައިދާ ބޮޑީ ކޮން ނިޒާމަކުންކަން ދެނެގަނެގެންކަމަށެވެ. އަދި މިހާރުގެ ގާނޫނު އަސާސީއިން ރައީސަށް ބޮޑެތި ބާރުތަކެއް ލިބިދީފައިވާއިރު، ރައީސާއި ރައްޔިތުންގެ މަޖިލީހާއި އޮންނަ ގުޅުންވެސް ހީނަރުވެފައިވާކަމަށް ޒުލްފާ ވިދާޅުވިއެވެ.

"ފައިދާ ތަކާއި ގެއްލުންތައް ދެނެގަތުމަށް ރަނގަޅުބަހުސެއް ކޮށްގެން މެނުވީ ރާއްޖެއަށް އެންމެ ފައިދާ ހުރީ ބަރުލަމާނީތޯ، ރިޔާސީ ވެރިކަމެއްތޯ ދެނެނުގަނެވޭނެ." ޒުލްފާ ވިދާޅުވިއެވެ.



ވެރިކަމުގެ ނިޒާމް ބަދަލުކުރުމާއި ގުޅޭގޮތުން މި ސަރުކާރުގެ ކޯލިޝަންގެ އެއް ލީޑަރު އަދި ކުރީގެ ރައީސް، ރައީސް މައުމޫން މިއަދު ވިދާޅުވީ، ދިވެހިރާއްޖޭގެ ޙާލަތާ އެންމެގުޅޭ، ރާއްޖެއަށް އެންމެފައިދާހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ނިންމާފައިވަނީވެސް ރިޔާސީ ނިޒާމަށް ރާއްޖޭގެ ވެރިކަން ހިންގުމަށް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އެހެންކަމުން ބަރުލަމާނީ ނިޒާމަކަށް ރާއްޖެއަކު ޖާގައެއް ނެތްކަމަށާއި އެކަން ވަރަށް ސާފުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ވެރިކަމުގެ ނިޒާމާ ބެހޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގާފައިވާއިރު، އެވޯޓުގައި ރައްޔިތުން ބުރަނީ ރާއްޖޭގައި ރިޔާސީ ނިޒާމު އޮތުމަށެވެ.

ރައީސް މައުމޫން އެ މޭރުމުން ވާހަކަފުޅު ދެއްކެވީ، ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި، އެކަމަށް ބޭނުންވާ ޤާނޫނުތައް އަންނަ އަހަރު ފާސްކުރަންޖެހޭކަމަށް ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސް ޔާމިންވެސް ބޭނުންފުޅުވާނީ ބަރުލަމާނީ ނިޒާމު ކަމަށް ގަބޫލުފުޅު ކުރަށްވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން