ކ. ތިލަފުށީ ހާބަރ ރިހެބިލިޓޭޓްކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިފައިވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެގޮތުން މިމަޝްރޫޢުގެ ދަށުން ކުރިއަށްދާ ވަރކްޝޮޕް އިމާރާތް ކުރުމުގެ މަސައްކަތުގެ 85 ޕަސެންޓާއި ހެވީ ވެހިކަލް ޕާރކް ކުރާނެ ސަރަޙައްދެއް ހެދުމުގެ މަސައްކަތުގެ 70 ޕަސެންޓްވެސް ނިންމާލެވިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

މިމަޝްރޫއަކީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްދާ މަޝްރޫޢުއެކެވެ. އަދި މި މަޝްރޫޢަކީ 135.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ސިވިލް އަދި ދަނގަޑު މަސައްކަތް ކުރުމަށްޓަކައި އެޑްމިނިސްޓްރޭޓިވް އިމާރާތެއް އެޅުމާއި، ފެން ރައްކާކުރާ ތަނެއް ޤާއިމުކުރުމާއި، ވެހިކަލް ޕާރކް ކުރާ ތަނެއް ޤާއިމުކުރުމާއި، ވަރކްޝޮޕް އިމާރާތެއް އެޅުމާއި، ފިއުލް ޓޭންކް ސްޓޭޝަންއެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނޭކަމަަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން