ވެކްސިން ފުރިހަމަ ކުރުމުން ރިސޯޓް މުވައްޒަފުންނަށް ކަރަންޓީން ނުވެ ރަށަށް ދިއުމުގެ ހުއްދަ ދޭން ސަރުކާރުން ނިއްމައިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދު ﷲ މައުސޫމް މިއަދު ވިދާޅުވެއްޖެއެވެ.

ޓޫއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވީ ރިސޯޓު މުވައްޒަފުން ވެކުސިން ފުރިހަމަކޮށް 14 ދުވަސް ވުމުން ޕީސީއާރު ޓެސްޓް ހެދުމަށްފަހު ކަރަންޓީނުވާން ނުޖެހި ރަށަށް ދިއުމުގެ ހުއްދަ ދޭން ރައީސް ޞާލިޙް ނިންމަވާފައިވާ ކަމަށެވެ.



އެހެން ނަމަވެސް ވެކްސިން ފުރިހަމަކޮށް 14 ދުވަސް ފުރިހަމަކޮށް ޕީސީއާރު ޓެސްޓް ހެދުމަށް ފަހު ވެސް ދަތުރު ކުރެވޭނީ މޮނިޓަރިންގައި ނޯންނަ ރަށްތަކަށާއި ރިސޯޓްތަކަށް ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރިސޯޓް މުވައްޒަފުންނަށް ރަށްތަކަށް ދެވޭނެ އުސޫލުގެ ތަފްސީލް އަދި އެޗްޕީއޭ އިން މިނިސްޓްރީއަށް ނާންގާ ކަމަށެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ދޭއިތުރު ލުއިތައް މިއަދު އިއުލާން ކުރުމަށް ސަރުކާރުން ވަނީ ނިއްމާފައެވެ. މިއަދު މެންދުރުފަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒާއި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން