ފޮޓޯ: ސޯޝަލް މީޑިއާ، ހުޅުމާލެ ސްކޭޓްޕާކުގައި ކުދިން ސްކޭޓްކުރަމުން ދަނީ
ފޮޓޯ: ސޯޝަލް މީޑިއާ، ހުޅުމާލެ ސްކޭޓްޕާކުގައި ކުދިން ސްކޭޓްކުރަމުން ދަނީ
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ގދ. ވާދޫގައި ސްކޭޓް ޕާކެއް ހުޅުވައިފިއެވެ.

މި ޕްރޮޖެކްޓް ގެ އަމާޒަކީ ރަށުގެ ކުޑަކުދިންނާއި ޒުވާނުންނަށް ހުސްވަގުތުގައި އާ ހުނަރެއް ދަސްކޮށްދިނުމާއި އެކުވެރި މާހައުލެއް ގާއިމުކުރުމަށް ހިތްވަރު ދިނުމެވެ. މި ޕާކުގައި ސްކޭޓްކުރާނެ ބަޔަކާއި، ކުޑަކުދިންނަށް ބައިވެރިވެވޭނެ ގޮތަށް އިޖްތިމާއީ ހަރާކާތްތަކާއި އިވެންޓްތައް ބޭއްވުމަށް ހާއްސަ ސަރަހައްދެއް ހިމެނެއެވެ. އެގޮތުން ފަހަކަށް އައިސް ރާއްޖޭގައި ސްކޭޓް ކުރުމަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރުވެ، މި ހުނަރުން ކުރިއަރަން މަސައްކަތް ކުރުމަށް ހުޅުވާލާފައިވާ މި ޕްލެޓްފޯމަކީ ގިނަ ޒުވާނުންނާއި ކުޑަކުދިންގެ ތަރުހީބު ލިބޭނެ ކުޅިވަރެއްވެސް މެއެވެ.

ރާޅާއެޅުމަކީ މަޝްހޫރު ކަމަކަށްވާއިރު ގދ. ވާދޫގައި ކުދި ބޮޑު އެންމެންނަށް ވެސް މި ޕާކު ބޭނުންކޮށްގެން ރާޅާއެޅުމުގެ ހުނަރު ދަސްކުރެވޭނެެއެވެ. އެއީ ސްކޭޓްކުރުމާއި ރާޅާއެޅުމުގައި ގާތްގަނޑަކަށް އެއް ހުނަރުތަކެއް ބޭނުން ކުރަން ޖެހުމާއި، ވިސްނުން ބަހައްޓަންޖެހޭ ކަންކަން އެއްގޮތްވުމުންނެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި ހުވަދޫ އެސޯސިއޭޝަން ފޯ ޓުއަރިޒަމް ގެ ރައީސް އަޙްމަދު ޠާރިޕް މުޙައްމަދު ވިދާޅުވީ މި ސްކޭޓް ޕާކުގެ ސަބަބުން ކުދިންނަށް އިތުރު ހުނަރެއް ދަސްވުން އެއީ އެންމެ މުހިންމު އެއް މަގުސަދު ކަމަށާއި މި ޕާކާއެކު މުނިފޫހިފިލުވުމާއި ކުޅިވަރުގެ ތެރެއިން ޒުވާނުންގެ މެދުގައި ގުޅުން ބަދަހިވެ އެކަތިގަނޑަކަށްވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި ހުވަދޫ އެސޯސިއޭޝަން ފޯ ޓުއަރިޒަމްގެ އަމާޒަކީ ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅިގެން ސްކޭޓްކުރުމުގެ ތަމްރީންތައް ދިނުމުގެ އިތުރުން ރައްކާތެރި މާހައުލެއްގައި ތަފާތު ހުނަރު ތަރައްގީކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ. އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން