ރައީސް މައުމޫންގެ ވެރިކަމުގައި ދިރިއުޅުއްވި ތީމުގެ
ރައީސް މައުމޫންގެ ވެރިކަމުގައި ދިރިއުޅުއްވި ތީމުގެ
ރައްޔިތުންގެ މަޖިލީޙުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅެއް ހަމަޖައްސައިދެވެންދެން، ވަގުތީ ގެކޮޅެއް ހަމަޖައްސާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެެއްޖެއެވެ.

ރައްޔިތުންގެ މަޖިލީޙުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅެއް ހަމަޖައްސައިދޭގޮތަށް ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ވަނީ މިދިޔަ ހަފްތާގައި ތަސްދީޤްކޮށްފައެވެ. މިޤާނޫނުގެ ދަށުން މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ރަސްމީ ގެކޮޅެއް ހަމަޖައްސައިދޭންޖެހެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މަޖިލީހުގެ ރައިސާއި އުއްތަމަ ފަނޑިޔާރަށް ގެކޮޅުގެ ގޮތުގައި ހަމަޖައްސާނެ ތަންތަން މިހާރު ކަނޑައަޅާފައިވާކަމަށެވެ. އަދި އެތަންތަން މަރާމާތުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ތަންތަނެއްކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރައްވައެވެ. އަދި އެތަންތަން ހަމަޖެހެންދެން ވަގުތީ ގޮތުން ހަމަޖެއްސި ގެކޮޅުގެ މައުލޫމާތެެއްވެސް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.

ގާނޫނުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ރަސްމީ ތަންތަނަކީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ތަނަކަށް ވާން ޖެހޭނެއެވެ. އެ ތަންތަނުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން ޖެހޭނީ ސިފައިން ކަމަށްވެސް ޤާނޫނުގައި ބުނެއެވެ.

ރައްޔިތުންގެ މަޖިލީޙުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅެއް ހަމަޖައްސައިދޭގޮތަށް ޤާނޫނަށް ބަދަލު ގެނެސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއަށްފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން