ރައީސް ޔާމީންގެ ވެރިކަމުގައި ބިނާކުރި ސަލްމާން މިސްކިތް 2023 ވަނަ އަހަރު ހުޅުވާނެކަމަށް ދިވެހިރާއްޖޭގައި އިސްލާމްދީން ކުރިއެރުވުމުގެ މަސައްކަތުގައި ފާހަގަވެފައިވާ އަލީ ރަމީޒް ބިން ގާސިމް ވިދާޅުވެއްޖެއެވެ.
އަލީ ރަމީޒް މިހެން ވިދާޅުވެފައި މިވަނީ ސަލްމާން މިސްކިތް ހުޅުވުމަށް މި ސަރުކާރުން ތަފާތު ތާރީހްތައް ދިނުމަށްފަހު ތަކުރާރުކޮށް އެކަން ފާސްކުރަމުންދާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައި ވަނިކޮށެވެ.
ސަލްމާން މިސްކިތުގެ މަސައްކަތްތައް ގާތްގަނޑަކަށް ނިމިފައިވާއިރު، މިދިޔަ ރޯދަމަހު މިސްކިތް ހުޅުވާނެކަމަށް ސަރުކާރުން ބުންޏެވެ. ނަމަވެސް ރޯދަމަސް ނިމުނުއިރުވެސް އެކަމެއް ނުވިއެވެ.
ސަރުކާރުން ބުނަމުން ދަނީ ސަލްމާން މިސްކިތް ހުޅުވުން ލަސްވެގެން އުޅެނީ ސައުދީން އަންނަންޖެހޭ ވަފްދަށް ނާދެވިގެންކަމަށެވެ. އަދި ވަފްދުގެ ބޭފުޅުންނަށް ނާދެވިގެން އުޅެނީ ކޯވިޑާއި ގުޅިގެންކަމަށްވެސް ސަރުކާރުން ބުންނެވެ.
މިމަހުވެސް މިސްކިތް ހުޅުވުމަށް ވަފްދެއް އަންނާނެކަމަށް ބުނެ ހަބަރުތައް ފެތުރިނަމަވެސް، އެވަފްދުގެ ދަތުރުވެސް ވަނީ ކެންސަލްކޮށްފައެވެ.
މިސްކިތް ހުޅުވުން ލަސްވަމުންދާތީ އެކަމަށް އިޝާރާތްކުރަށްވައި އަލީ ރަމީޒް ވިދާޅުވީ، އިރާދަކުރެއްވިޔާ 2023 ވަނަ އަހަރު ސަލްމާން މިސްކިތް ހުޅުވާނެކަމަށެވެ.
"2023 ގައި އަހަރެމެން ތިޔަ މިސްކިތް ހުޅުވާނަން، އިންޝާﷲ." ސަލަފު ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ އަލީ ރަމީޒު ވިދާޅުވެފައި ވެއެވެ.
6 ފަންގިފިލާއަށް ބިނާ ކޮށްފައިވާ ސަލްމާން މިސްކިތުގެ މައި އިމާރާތުގެ އުސްމިނުގައި 33.5 މީޓަރު ހުންނައިރު، މިސްކިތުގެ ވަށައިގެން ބިނާކުރާ 5 މުންނާރުގެ އުސްމިނުގައި 44 މީޓަރު ހުރެއެވެ. އަދި ނަމާދުކުރުމަށް ޚާއްސަކޮށްފައިވާ ސަރަޙައްދުތަކާއި، މިސްކިތުގެ ގޯތިތެރެ ހިމެނޭހެން، 9000 މީހުންނަށް އެއްފަހަރާ ބޮޑު ޖަމާޢަތުގައި ނަމާދުކުރެވޭނެއެވެ. ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކޮށްގެން އަޅާފައިވާ ސަލްމާން މިސްކިތަކީ ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކޮށްފައިވާ ބިނާއެކެވެ.
ސަޢުދީން ބަޔަކު ނާންނަނީސް މިމިސްކިތް ނުހުޅުވާން އެއްބަސްވުމުގައި އޮތް ކަމެއް ނުވަތަ އެފަދަ މަޝްވަރާއެއް ކުރެވިފައި އޮތްކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. މިގޮތަށް އިމާރާތްކުރާ ބައެއް މިސްކިތްތައް ނިމުމުން ނުވަތަ މިސްކިތުގެ ބައެއް ނިމުމުން މިސްކިތުގައި ނަމާދުކުރުމަށް ހުއްދަކޮށް ނަމާދުކުރާތާ އެތައް ދުވަހެއް ފަހުން މިސްކިތް ރަސްމީކޮށް ހުޅުވުމަކީ އާންމުކޮށް ކުރާކަމެއް ނަމަވެސް ސަލްމާން މިސްކިތުގައި ވަގުތީ ގޮތުން ނަމާދު ކުރުމަށް ވެސް ހުޅުވާލާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު