މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުން
މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުން
އިންޑިއާއާ ދެކޮޅަށް ހަބަރުފަތުރާ ރާއްޖޭގެ މީޑިއާތަކަށް ފިޔަވަޅު އަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މީޑިއާ ކައުންސިލްގައި އެދިވަޑައިގެންނެވީ ޤަވާއިދާ ޚިލާފަށް ކަމަށް އެ ކައުންސިލުން ނިންމައިފިއެވެ.

އިންޑިއާއާ ދެކޮޅަށް ހަބަރުފަތުރާ ރާއްޖޭގެ މީޑިއާތަކަށް ފިޔަވަޅު އަޅައިދިނުމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ވަނީ އެދިފައެވެ. އަދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މަޝްވަރާ ކުރުމެއްނެތި އެފަދަ މީޑިއާތަކަށް ފިޔަވަޅު އަޅައިދިނުމަށް އެމްއެމްސީއަށް ރޮޒައިނާ ހުށައެޅުއްވި މައްސަލާގައި ނޫސްވެރިންގެ ނުރުހުން ވަނީ އޭނާއަށް އަމާޒުވެފައެވެ.

ރޮޒައިނާ ހުށައެޅުއްވި މައްސަލައިގައި ގޮތެއް ނިންމުމަށް މީޑިއާ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި އެމައްސަލަ ބަލައިދިނުމަށް އެދި މީޑިއާ ކައުންސިލްގައި މަޖިލީހުގެ ކޮމެޓީގެ ނަމުގައި ރޮޒެއިނާ އާދަމް އެދިވަޑައިގެންފައިވަނީ މީޑިއާ ކައުންސިލްގެ ޤަވާއިދާއި ޚިލާފަށް ކަމަށްވާތީ އެމައްސަލަ ނުބެލުމަށް ނިންމާފައިވާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

އިންޑިއާއާއި ދެކޮޅަށް ބައެއް ނޫސްތަކުން ދޮގު މަޢުލޫމާތު ފަތުރާކަމަށް ބުނެ އެފަދަ މީޑިއާތަކަށް ފިޔަވަޅު އަޅައިދިނުމަށް މީޑިއާ ކައުންސިލްގައި ރޮޒައިނާ އެދިވަޑައިގެންފައި ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މަޝްވަރާ ކުރެއްވުމެއް ނެތިއެވެ.

އެކަމާ ގުޅޭގޮތުން ރޮޒައިނާ ވިދާޅުވީ، މީޑިއާއަށް ހުރަސް އަޅަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށެވެ. ނަމަވެސް މީޑިއާތަކަކީ ޒިންމާދާރުކަމާއިއެކު ރައްޔިތުން އިތުބާރު ކުރާ ރަނގަޅު ބައެއްގެ ގޮތުގައި ބިނާކުރުމަށް މީޑިއާ ކައުންސިލަށް ދޭންޖެހޭ އެއްބާރުލުން މިނިވަން މުއައްސަސާތަކާއިބެހޭ ކޮމިޓީން ދޭނެ ކަމަށެވެ. އަދި އެކަން މީޑިއާ ކައުންސިލުން ކުރޭތޯވެސް ފާރަވެރިވާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މިފަހަކަށް އައިސް، ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ބޭރު ޤައުމުތަކުގެ ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރައްވާ ޑިޕްލޮމަޓުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ހަގީގަތާ ޚިލާފު ޚަބަރު ރާއްޖޭގެ ބައެއް ނޫސްތަކުގައި ތަކުރާރުކޮށް ޝާޢިއުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ޚާރިޖީ ވުޒާރާ އިންވެސް ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


21

ސަނީ

09-Jul-2021

ދެފައި ދެގޯޅިއޭ ކިޔާފަ ނޫހެކޯ! ބަލާއެއް މިބަަޅުންނާހެދި



ޓްރެންޑިން