ޝަހީދު ޙުސައިން އާދަމް ބިލްޑިންގް | ފޮޓޯ: ޕޮލިސް މީޑިއާ
ޝަހީދު ޙުސައިން އާދަމް ބިލްޑިންގް | ފޮޓޯ: ޕޮލިސް މީޑިއާ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ޙަމަލާދިން މައްސަލައިގެ ތުހުމަތުގައި އިތުރު ދެމީހަކު ރޭ ހައްޔަރު ކޮށްފިއެވެ.

ފުލުހުންބުނީ، ހަރުކަށި ފިކުރާ ގުޅުންހުރި މައްސަލައެއްގައި ހައްޔަރުކޮށްފައި ވަނިކޮށް ކޯޓުން އިއްޔެ ދޫކޮށްލި ތިން މީހުންގެ ތެރެއިން ދެ މީހުން ރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާކަމަށެވެ. އަދި މިފަހަރު އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން މޭ 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެންކަމަށްވެސް ފުލުހުން ވަނީ ބުނެފަވެއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހަރުކަށި ފިކުރާއި ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ފަހުމީ އަލީ، ޔާސީމް އަދި އިސްހާގް ދޫކޮށްލުމަށް އަމުރުކޮށްފައެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު އެމީހުން ދޫކޮށްލުމަށް އަމުރު ނެރުއްވާފައިވަނީ، އެމީހުން 40 ދުވަސް ވަންދެން ބަންދުކޮށްފައި ތިބިނަމަވެސް އެމީހުންނާ ދެކޮޅަށް އިތުރު ހެއްކެއް ފުލުހުންގެ ފަރާތުން ހުށަހަޅާފައި ނުވާތީއެވެ.

މީގެ ތެރެއިން ފުލުހުން ހައްޔަރު ކުރީ ކޮން ދެމީހެއްކަން އަދިވަނީ ސާފުވާގޮތް ނުވެފައެވެ. ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅުންހުރި 8 މީހަކު މިހާތަނަށް ތަހުގީގަށް ހައްޔަރުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.

މި މައްސަލާގައި ފުލުހުން ވަނަވަރު ހާމަކޮށްފައިވާ މީހުންނަކީ، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދުއާއި، މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އާއި، ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހު އަދި ނ.މަނަދޫ ނޫރާނީގެ އަލީ ހައިޝަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން