ސަޢީދު ޢަބްދުﷲ   8 މޭ 2020 - 19:38
އޯސްޓިން-ބާރގްސްޓްރޮމް އިންޓަރނޭޝަނަލް އެއަރޕޯޓު
އޯސްޓިން-ބާރގްސްޓްރޮމް އިންޓަރނޭޝަނަލް އެއަރޕޯޓު
އެމެރިކާގެ ޓެކްސަސްގެ އޯސްޓަސް ސިޓީގެ އެއަރޕޯޓުގެ ރަންވޭއަށް ޖެއްސި ކޮމާޝަލް ޖެޓަކުން ޖެހި މީހަކު މަރުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގި މި ހާދިސާއާއި ބެހޭގޮތުން ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން، އެފްއޭއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޯސްޓިން-ބާރގްސްޓްރޮމް އިންޓަރނޭޝަނަލް އެއަރޕޯޓުގެ 17އާރް ރަންވޭއަށް ރޭގަނޑު 08:12 ގައި ބޯޓު ޖެއްސިތާ ކުޑަ އިރުކޮޅެއް ފަހުން އެސަރައްދުން މީހަކު ފެނިފައިވާކަމަށް ޑަލަސް އިން އެނބުރި އައި ސައުތުވެސްޓް އެއަރލައިންސްގެ ފްލައިޓް ދުއްވަން އިން ޕައިލެޓް ބުނެފައިވާކަމަށެވެ.

އެފްއޭއޭއިން އިތުރަށް ބުނެފައިވަނީ މަރުވި މީހާގެ ހަށިގަނޑު ފެނިފައިވަނީ އެއަރޕޯޓު އޮޕަރޭޝަންސްގެ ވެހިކަލެއް ދުއްސަން އިން މުވައްޒަފަކަށް ކަމަށެވެ.

އެއަރޕޯޓުގެ ފަރާތުން ވާހަކަދެއްކި ސްޕޯކްސްޕާސަން، ބްރައިސް ޑޫބީ އާއި ހަވާލާދީ އެސޯސިއޭޓެޑް ޕްރެސްއިން ބުނީ މަރުވީ ރަންވޭ މަތީގައި އެވަގުތު އުޅެން ޖެހޭ މީހެއްކަަމަށް އޮފިޝަލުން ގަބޫލު ނުކުރާކަމަށެވެ. ނަމަވެސް، އެރޭ ކަންތައް ހިނގާ ދިޔަގޮތް ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރަމުން ގެންދާކަމަށް ބުނެފައިވެއެވެ.

މި އެކްސިޑެންޓްގައި މަރުވެފައިވަނީ ކާކުކަން ހާމަކޮށްފައިނުވާއިރު މި ހާދިސާއާއި ބެހޭ އިތުރު މައުލޫމާތެއްވެސް އާންމުކޮށްފައި ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން