މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ
މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ
އެއްވެސް ޤައުމަކާމެދު އޮންނަޚާރިޖީ ގުޅުންތަކާމެދު ދޮގު ޚަބަރު ނުފެތުރުމަށް މީޑިއާ ކައުންސިލުން މީޑިއާތަކަށް މިއަދު އަންގަވައިފިއެވެ.

އިންޑިއާއާ ދެކޮޅަށް ހަބަރުފަތުރާ ރާއްޖޭގެ މީޑިއާތަކަށް ފިޔަވަޅު އަޅައިދިނުމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ވަނީ އެދިފައެވެ. އަދި އެ މައްސަލަ ބަލަމުންދާކަމަށް މީޑިއާ ކައުންސިލުންވެސް ވަނީ ބުނެފައެވެ.

އެކަމާގުޅިގެން މީޑިއާ ކައުންސިލުން މިއަދު ނެރެފައިވާ ބަޔާނެއްގައި ވަނީ، ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި، ޑިޕްލޮމެޓިކް މިޝަންތަކުގައި މަސައްކަތްކުރައްވާ ޑިޕްލޮމޭޓުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ރާއްޖޭގެ ބައެއް ނޫސްތަކުގައި ލިޔުންތައް ޝާއިޢުކުރަމުންދާކަމުގެ ޝަކުވާ ކަމާބެހޭ އެކިފަރާތްތަކުން ކައުންސިލުގެ ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ.

އެ ކައުންސިލުން ދެކޭ ގޮތުގައި އެއްވެސް ޤައުމަކާމެދު އޮންނަ ޚާރިޖީ ގުޅުންތަކާ ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކާއި، ކަނޑައެޅިގެން ދޮގު ޚަބަރު ފެތުރުމަކީ، އެއްވެސް މީޑިއާއަކުން ކޮށްގެންވާނެކަމެއް ނޫންކަމަށް ކައުންސިލްގެ ބަޔާނުގައި ވެއެވެ. އޭގެ އިތުރުން ރާއްޖޭގައި ހުރި ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތަކާއި ޑިޕްލޮމޭޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ޚަބަރުތައް ފެތުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެކަމެއް ނޫންކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"މިފަދަ ކަންކަމަކީ، އޭގެ ސަބަބުން ރާއްޖެއާއި ދޭދޭ ޤައުމުތަކާއެކު އޮތް ގުޅުމަށް ބުރޫއަރައި، ވަކި ޤައުމަކާމެދު އާންމު ރައްޔިތުން ދެކޭ ގޮތް ބަދަލުވުމުގެ ސަބަބުން ޖުމްލަ ގޮތެއްގައި މުޅި ޤައުމަށް އޭގެ ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވާ ކަމެކެވެ." މީޑިއާ ކައުންސިލުން ބުނެފައިވެއެވެ.

އެ ބަޔާނުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ބާބުގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ އަސާސީ ހައްޤު ހަމަ ގޮތުގައި ބޭނުން ކުރުމަށާއި، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނާއި ގަވާއިދާއި އަދި ކޯޑް އޮފް އެތިކްސްއާ އެއްގޮތްވާގޮތުގެ މަތިން ޒިންމާދާރުކަމާއެކު ޚަބަރުތައް ފެތުރުމަށް އެންމެހާ ނޫސްވެރިންނާއި މީޑިއާތަކަށް އިލްތިމާސްކޮށްފައި ވެއެވެ. އަދި ރާއްޖެއިން ބައިވެރިވެފައިވާ ހުރިހާ ބައިނަލް އަޤުވާމީ މުއާހަދާތަކަށްވެސް އިހުތިރާމްކުރުމާއެކު، ޚަބަރާއި މައުލޫމާތު ފެތުރުމުގައި ޤައުމީ މަސްލަހަތު އިސްކުރުމަށް ސަމާލުކަން ދިނުމަށް އެ ކައުންސިލުން ވަނީ ބާރު އަޅާފައެވެ.

ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި، ޑިޕްލޮމެޓިކް މިޝަންތަކުގައި މަސައްކަތްކުރައްވާ ޑިޕްލޮމޭޓުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ރާއްޖޭގެ ބައެއް ނޫސްތަކުގައި ލިޔުންތައް ޝާއިޢުކުރަމުންދާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް މީޑިއާ ކައުންސިލުން ބުނެފައި ވީ ނަމަވެސް އެފަދަ ލިއުންތައް ޝާއިޢުކޮށްފައިވަނީ ކޮން މީޑިއާތަކަކުންކަން ކަނޑައެޅިގެން މީޑިއާކައުންސިލުން ބަޔާންކޮށްފައި ނުވާތީ ރާއްޖޭގެ ހުރިހާ މީޑިއާތަކަށް އެތުހުމަތު ރައްދުވާކަން ފާހަގަ ކުރެވެއެވެ. އަދި ކަނޑައެޅިގެން އެކަން ކުރި ނޫސްތަކުގެ ނަންތައް ވަކިން ހާމަނުކޮށް، ހުރިހާ ނޫސްތަކާއި ނޫސްވެރިން ބަދުނާމުވާގޮތަށް މީޑިއާ ކައުންސިލުން އެފަދަ ބަޔާނެއް ނެރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކޮށްފައިވާ ކަމެއްކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


5

ނަވާޒް

16-Jul-2021

ގއުމު ހިބައިން ދޭއިރުވެސް ހައްޕުކިޔައިގެން ތިބެން ވީތޯ



ޓްރެންޑިން