މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތީޯރިޓީ
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތީޯރިޓީ
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފަސްކޮށްފައިވާ ސުންގަޑިތަކައް އެއްދުވަސް އިތުރުކޮށްދީ އައު ސުންގަޑިތައް އިއުލާން ކޮށްފިއެވެ.

މީރާއިން ކުރި އިއުލާންގައި ބުނެފައިވަނީ، އޮންލައިންކޮށް ޓެކްސްގެ ބަޔާން ހުށަހަޅާ ފައިސާ ދެއްކުމައް ލާޒިމްކޮށްފައިވާ ހުރިހާ ޓެކްސްތަކެއް ފިޔަވާ، އެހެނިހެން ޓެކްސް ތަކުގެ ޓެކްސް ބަޔާން ހުށަހަޅާ ފައިސާ ދެއްކުމުގެ އިތުރުން މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ދެއްކުމުގެ ސުންގަޑި ތަކުގެ ތެރެއިން 27 މޭ އިން ފެށިގެން 10 ޖުލައި 2021 ގެ ނިޔަލަށް ދައްކަން ޖެހޭ ޓްކެސް ބަޔާން ތަކުގެ އައު ސުންގަޑި އަކީ 11 ޖުލައި 2021 ކަމަށެވެ.



މީރާއަށް ހުށަހަޅާ އެންމެހާ ޓެކްސް ބަޔާންތަކާއި، ޓެކްސާއި އެހެނިހެން ފައިސާ އޮންލައިންކޮށް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާއިރު، މިއީ ކޮވިޑް-19 އާ ގުޅިގެން މީރާގެ ޚިދުމަތް ހޯދަމުންދާ އެންމެހާ ކަސްޓަމަރުންނަށް ރައްކާތެރި ޚިދުމަތެއް ފޯރުކޮށަދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއްކަން ވެސް މީރާއިން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާއްމުކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އެންމެހާ ފަރާތްތަކުން އަމަލު ކުރުމަށާއި، އޮންލައިންކޮށް މީރާގެ ޚިދުމަތް ހޯދުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން