ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދީފައިވާ ބޮމުގެ ހަމަލާއާ ގުޅިގެން ކުރިއަށްދާ ތަހުޤީޤުގެ ކަންކަން ގާތުން ބެއްލެވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްސަ މަންދޫބެއްގެ ގޮތުން ޢައްޔަންކުރެއްވި އައްބާސް ފާއިޒް، ބަންޑާރަ ނާއިބު އިބްރާހިމް ރިއްފަތާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުޤީޤާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން އައްބާސް ފާއިޒް ޢައްޔަނުކުރައްވާފައި ވަނީ މޭ މަހުގެ 19 ވަނަ ދުވަހުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ ހައިސިއްޔަތުން ،މެއި 6ގެ ޙަމަލާއާ ގުޅޭ އެންމެހައި ތަޙުޤީޤެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާ ޙުދޫދުގެ ތެރެއިން، އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އިންސާފު ޤާއިމުކުރެވެންދެން ބޭނުންވާ ޙާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހައި ރިޕޯޓްތައްވެސް ތައްޔާރުކުރައްވާނެކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.
ރައީސްގެ ޚާއްސަ މަންދޫބު މިހާތަނަށް ވަނީ އެކި ފަރާތްތަކާއި ބައްދަލުކުރައްވައި، ހަމަލާގެ ތަހުޤީޤާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ، އެމްޑީޕީގެ "މެއި 6" ކޮމިޓީގެ މެމްބަރުން ހިމެނިވަޑައިގެންނަވައެވެ.

Today, AG @ibriffath met with the President’s Special Envoy to monitor the investigation of the terrorist attack against Speaker Nasheed Mr. Abbas Faiz. pic.twitter.com/bXRttfOGnh
— AG Office Maldives (@AGOmv) July 8, 2021
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން އައްބާސް ފާއިޒް ޢައްޔަނުކުރައްވާފައި ވަނީ މޭ މަހުގެ 19 ވަނަ ދުވަހުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ ހައިސިއްޔަތުން ،މެއި 6ގެ ޙަމަލާއާ ގުޅޭ އެންމެހައި ތަޙުޤީޤެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާ ޙުދޫދުގެ ތެރެއިން، އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އިންސާފު ޤާއިމުކުރެވެންދެން ބޭނުންވާ ޙާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހައި ރިޕޯޓްތައްވެސް ތައްޔާރުކުރައްވާނެކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.
ރައީސްގެ ޚާއްސަ މަންދޫބު މިހާތަނަށް ވަނީ އެކި ފަރާތްތަކާއި ބައްދަލުކުރައްވައި، ހަމަލާގެ ތަހުޤީޤާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ، އެމްޑީޕީގެ "މެއި 6" ކޮމިޓީގެ މެމްބަރުން ހިމެނިވަޑައިގެންނަވައެވެ.
ކިޔުންތެރިންގެ ހިޔާލު