މަރުވެފައި އޮތް ފަތުރުވެރިއެއް އިކުއޭޓަރ ވިލެޖް ކައިރިން ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ އައްޑޫ އީކުއޭޓަރ ވިލެޖުގެ އިރު، އުތުރު ފަރު ބޭރުން ފިރިހެން ފަތުރުވެރިއެއްގެ ހަށިގަނޑު ފެނިފައިވާކަމަށެވެ. އަދި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަންގެ ޑައިވަރުން އެ މީހާގެ ހަށިގަނޑު ނަގައިގެން ސ. ފޭދޫއަށް މިއަދު ހަވީރު 16:36 ހާއިރު ގެންގޮސްފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައި ވެއެވެ.



އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 3:30 ހާއިރުކަމަށެވެ. ނަމަވެސް މިހާދިސާއާއި ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ރަސްމީ އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން