ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ މުލިއާގެ ކައިރިއަށް ގޮސް، އެތަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދެމުން ދިޔަ ދެ މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ ޓެރަރިސްޓް ހަމަލާއެއްގެ އިންޒާރު ދިނުމާ ގުޅިގެން މުލިއާގެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. "ރަސްއޮންލައިން" އަށް މައުލޫމާތު ލިބިފައިވާގޮތުގައި މުލިއާގެ ކައިރިއަށް ދެ މީހަކު ދަބަހަކާއި ރަތްކުލައިގެ ކޮތަޅެއް ހިފައިގެން ގޮސް، އެތަން ގޮއްވާލާނެ ކަމަށް ބުނެ އަޑު ހަރުކޮށް ވަނީ ގޮވާފައެވެ. އެ ދެމީހުން ހިފަހައްޓާފައިވަނީ މުލިއާގެ ސެކިއުރިޓީ އޮފިޝަލުންނެވެ. އޭގެފަހުން، ފުލުހުންގެ ހާއްސަ ޓީމެއް އެ ސަރަހައްދަށް ގޮސް އެމީހުން ގެންގުޅުނު ތަކެތި ބެލުމަށްފަހު އެދެމީހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުންގެ އިދާރާއިން ވެސް ވަނީ މުލީއާގެ ސަރަހައްދަށް ގޮސް އެތަން ގޮއްވާލާނެ ކަމުގެ އިންޒާރު ދިން ދެމީހަކު ހައްޔަރުކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. އެމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ދެ ފިރިހެނުންނެވެ.

އެ މީހުން ހައްޔަރުކުރީ އެ މީހުންގެ އަތުގައި އޮތް ދަބަހާ ފޮށިގަނޑުގައި އޮތްކަމަށްބުނާ ބޮން، ގޮއްވާލާނެ ކަމަށް ބުނެ އިންޒާރުދިން ކަމަށް ތުހުމަތުކުރެވޭ މައްސަލާގައެވެ.



މިހާދިސާ އާއި ގުޅިގެން ފުލުހުންނާއި ސިފައިންގެ ހާއްސަ އޮޕަރޭޝަނެއް މުލީއާގެ ސަރަހައްދުގައި މިހާރު ވަނީ ފަށާފައެވެ. މިހާދިސާ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން