ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި، އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗުވި ގޮތް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީ (241 ކޮމިޓި) އިން ހެދި އިންކުއަރީއަށް ފަހު އާންމުކުރި އިންކުއަރީ ރިޕޯޓްގައި ހުރި ސިއްރު މައުލޫމާތުތައް ލީކުވެ ގައުމީ ސަލާމަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވެގެން ހިގައިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި، އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗުވި ގޮތް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓި) އިން ހެދި އިންކްއަރީ ރިޕޯޓް އާންމުކުރީ އިއްޔެއެވެ. މަޖިލީހުގެ އިދާރާއިން އިއްޔެ އެ ރިޕޯޓް މަޖިލީހުގެ ވެބްސައިޓްގައި އާންމުކުރީ އެ ރިޕޯޓްގައި ހުރި ގައުމީ ސަލާމަތާއި ގުޅުންހުރި މައުލޫމާތުތަކާއި، ރިޕޯޓްގައި ހުރި ސިއްރު މައުލޫމާތުގައި ކުލަ ޖައްސައި ނޭނގޭ ގޮތަށް ހެދުމަށްފަހުއެވެ.

ކޮމިޓީގެ ރިޕޯޓު އެގޮތަށް އާންމުކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި ވަނީ އެ ރިޕޯޓުގެ ޕީޑީއެފް ފައިލް ޑައުންލޯޑް ކުރެވޭ ގޮތަށް ހަދާފަފައެވެ. މަޖިލީހުން އާންމުކުރި ރިޕޯޓުގައި، އެމައުލޫމާތު އާންމު ވެއްޖެނަމަ ޤައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ އެތައް މައުލޫމާތު ހިމެނޭ ކަމަށް ބަޔާންކޮށްފައިވެއެވެ.

މަޖިލީހުން އާންމުކުރި ރިޕޯޓުގައި އެފަދަ ބައިތަކުގައި ކަޅުކުލަ ޖައްސައި ކިޔަން ނޭނގޭ ގޮތަށް ހަދާފައި ހުރި ނަމަވެސް ބައެއް ފަރާތްތަކުން ވަނީ އެމައުލޫމާތުތައް ކޮންމެވެސް ގޮތަކުން ހޯދައިގެން މީސް މީޑިއާގައި އާންމުކޮށްފައެވެ. އެކަން އެނގުމާއެކު މަޖިލީހުން މިހާރު ވަނީ ވެބްސައިޓުން ރިޕޯޓް ނަގައި ބަދަލުތަކެއް ގެެނެސްފައެވެ.

ލީކުވި މައުލޫމާތުތަކުގެ ތެރޭގައި ރައީސް ނަޝީދަށް ސެކިއުރިޓީ ދިނުމާ ގުޅުން ހުރި އެތައް މައުލޫމާތަކާއި ހައި ސެކިއުރިޓީ މީހުންނަށް ސެކިއުރިޓީ ދިނުމާއި ޖާސޫސީ މައުލޫމާތު އެއްކުރުމާއި އެ މައުލޫމާތު ބޭނުންކުރާ ގޮތް ފަދަ އިންކްއަރީ ރިޕޯޓްގައި ހިމެނޭ އެތައް މައުލޫމާތެއް ވަނީ ލީކްކޮށްލާފައެވެ. މިގޮތުން، ދިވެހި ފުލުހުންގެ ހިދުމަތުގެ އިންޓެލިޖެންސް ސާވިސް މަސައްކަތް ކުރާގޮތާއި، ދިވެހި ސިފައިންގެ ޑިފެންސް އިންޓެލިޖެންސް ސާވިސް މަސައްކަތްކުރާ ގޮތުގެ ތަފްސީލީ މައުލޫމާތުވެސް ލީކް ކޮށްލާފައިވާ މައުލޫމާތު ތަކުގެ ތެރޭގައި ހިމެނެއެވެ.

ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި އިރު އެކަމުގައި އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅަން 241 ކޮމިޓީގެ ރިޕޯޓްގައި ވަނީ ލަފާ ދީފައެވެ. އެ ރިޕޯޓް ރޭ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި، އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗުވި ގޮތް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓި) އިން ހެދި އިންކުއަރީއަށް ފަހު އާންމުކުރި އިންކުއަރީ ރިޕޯޓްގައި ހުރި ސިއްރު މައުލޫމާތުތައް ލީކުވި މައްސަލައިގައި އެކޮމެޓީގެ ބަހެއް އަދި ނުލިބެއެވެ. އަދި މިކަމާ ބެހޭގޮތުން ރަސްމީ އެއްވެސް ފަރާތަކުން ބަހެއް ނުބުނެއެވެ. މަޖިލީހުން މި ރިޕޯޓް އެކުލަވާލި ގޮތަށް ހިއްސާ ކުރީ ދައުލަތުގެ ތިންބާރުގެ ވެރިންނާ އެކަންޏެވެ.


ކިޔުންތެރިންގެ ހިޔާލު


9

ޢިހދާ

16-Jul-2021

ސާކަސް ރިޕޯޓް. މަޖްލިސްއަކީ ލާފިން ސްޓޮކެއް.


2

ޢިބުރާހިމް ރަޝީދު

16-Jul-2021

ސަރުކާރުވެސްއޮތީ އޮޅުންބޮޅުންވެފަ! ދެންކުރާކަންތައް އޮޅުންބޮޅުންވީމަ ކޮބާމައްސަލައަކީ? ގުރޭޑު5ގެފެންވަރުނެތް މެމްބަރުންތަކެއް ޑޮކްޓަރީފާސްއޮތްބަޔަކަށްހެދިގެން ހުރިހާކަމަކަށްފާވެ ދަނޑިދިގުއުނދުޅިހެދިގެން ހުރިހާތެއްޔަކަށްބާނަންވީމަ ވާނެހައެތި ތިޔަވަނީ!


4

ހިލަބެ

16-Jul-2021

މިމަޖިލީހަށް މިވީހާތަނަށް އެއްވެސްސިއްރެއްހިފެހެއްޓިފައެއްނެއް މިމަޖިލީހެކޭ މަސްވެރިންގެ އަޅޯގަނޑެކޭ ކޮބައިތޯތަފާތަކީ ތަފާތަކީ މަޖިލާހުގެ އެއްމެހާމެމްބަރުން މާތްއައަލާހް ގަންދީހުވާކޮށްގެންތިބިކަން ދެން އެއްމެބޮޑުމުސާރަޔާއި އެލަވަންސް މިނޫންތަފާތެއްނެއް…



ޓްރެންޑިން