ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި، އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗުވި ގޮތް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓި) އިން ހެދި އިންކުއަރީ ރިޕޯޓަކީ ވަރަށް ފުރިހަމަ ރިޕޯޓެެއް ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެެވެ.

ރައީސް މުހަންމަދު ނަޝީދުގެ ސެކިއުރިޓީ ބްރީޗުވި ގޮތް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓި) އިން ހިންގި އިންކްއަރީ އަށްފަހު ތަހުގީގުގެ ފައިނަލް ރިޕޯޓް އާންމުކުރީ އިއްޔެ ހަވީރުއެވެ. އެ ރިޕޯޓާއެކު ރައީސް، މުހަންމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ 241 ކޮމެޓީގެ އިންކުއަރީ ރިޕޯޓަކީ މި ފަހުން މަޖިލީހުން އެކުލަވާލަމުން ގެންދާ ރިޕޯޓްތަކުގެ ތެރެއިންވެސް ފުރިހަމަ ރިޕޯޓެއް ކަމަށެވެ.



"ކޮމެޓީގެ މުގައްރިރާއި މެންބަރުންނަށް އަދި ސްޓާފުންނަށް ވަރަށް ބޮޑަށް މަރުހަބާ، މަޖިލިސް 19 ތަފާތުވާނެ." މަޖިލީހުގެ މެމްބަރުންނާއި މުވައްޒަފުންނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިއެެވެ.

އިންކުއަރީ ރިޕޯޓްގައި ބުނެފައިވަނީ މޭ ހަވަނަ ދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން އައިޑީއެއް ގޮއްވާލީ އެފަދަ ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބި އަދި އޭގެ ކުރިން ވެސް ރައީސް ނަޝީދަށް އެފަދަ އެތައް އިންޒާރެއް އައުމަށް ފަހުގައި ކަމަށެވެ. އަދި ހަމަލާ ދިނުމަށް މެދުވެރިވި ސަބަބުތަކުގައި އެކި ފަރާތްތަކުގެ އިހުމާލު އޮތްކަން ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން ރައީސް ނަޝީދަށް ހަމަލާ ދޭން އުޅޭކަން އެނގިވަޑައިގެންނެވި ނަމަވެސް އެކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އަޅާނުލެއްވި ކަމަށާއި، އެކަމަނާގެ މަގާމުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރައްވާފައިނުވާ ކަމަށް ރިޕޯޓްގައިވެއެވެ.

ހަމަލާއާ ގުޅޭ މުހިންމު މައުލޫމާތެއް މަޖިލިސް މެންބަރަކު މާރިޔާއަށް ދެއްވުމުންވެސް އެ މައުލުމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުން އެއީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރިޕޯޓްގައިވެއެެވެ. ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި އިރު އެކަމުގައި އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅަން 241 ކޮމިޓީގެ ރިޕޯޓްގައި ވަނީ ލަފާވެސް ދީފައެވެ.

އެ ރިޕޯޓް މަޖިލީހުން މިހާރު ވަނީ ފާސްކޮށްފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި، އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗުވި ގޮތް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓި) އިން ހެދި އިންކުއަރީ ރިޕޯޓްގައި ގައުމީ ސަލާމަތަށް ނުރައްކާވާ ބައެއް މައުލޫމާތު ވެސް ވަނީ ލީކުކޮށްލާފައެެވެ. އެކަމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން