ޒަހީނުއްދީން ސަޢީދު   9 ޖުލައި 2021 - 20:17
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދުގެ އާ ވެބްސައިޓް އިފްތިތާޙުކޮށްފިއެވެ.

ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ ފުރަތަމަ ޗާންސެލަރު އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ކަމުގެ މަގާމުގައި ހުންނެވި ޑރ. މުހަންމަދު ޝަހީމް ވިދާޅުވީ އަމިއްލަ ވެބްސައިޓެއް އިފްތިތާހު ކުރެއްވުމުގެ ބޭނުމަކީ އިލްމް ފަތުރައި އިސްލާމީ ހަޝާރަތު ކުރިއެރުވުން ކަމަށެވެ.

ޑރ. ޝަހީމް އިފްތިތާހު ކުރެއްވި އެވެބްސައިޓްގެ ނަމަކީ ޑރ. ޝަހީމް ޑޮޓް ކޮމްއެވެ. ހުވަދޫ އަތޮޅު އުތުރުބުރީ މާމެންދޫއަށް އުފަންވެވަޑައިގެންނެވި ޑރ. ޝަހީމް ތަޢުލީމު ޙާޞިލްކުރެއްވީ ދިވެހި ރާއްޖެއާއި ޕާކިސްތާނާއި މިޞްރާއި ސަޢޫދީ ޢަރަބިއްޔާއާއި މެލޭޝިޔާއިންނެވެ.



ޑރ. ޝަހީމް ޕީއެޗްޑީ ޙާޞިލްކުރެއްވީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސް (ފިޤުހު އެންޑް އުޞޫލުލްފިޤުހު) ގެ ދާއިރާއިންނެވެ. ޑރ. ޝަހީމަކީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވަރަށް ގިނަ ދިވެހިންގެ މަގުބޫލުކަން ލިބިވަޑައިގެންފައިވާ ބޭފުޅެކެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން