ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ހައްގުތައް ހޯދުމަށް ވަކާލާތުކޮށް، އަޑުއުފުލާ "ހިޔާ ޔޫނިއަން"ގެ އާދޭސްތަކަށް އިޖާބަ ދެއްވުމަށް، ސަރުކާރަށާއި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ކުރީގެ ހައުސިންގ މިނިސްޓަރ އަދި މާލެ ސިޓީގެ މިހާރުގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހިޔާ ޔޫނިއަންގެ އާދޭސް އަޑުއެއްސެވުމަކީ ސަރުކާރާއި އެޗް.ޑީ،ސީން ކުރައްވަން ޖެހޭނެކަމެއްކަމަށެވެ. އަދި މި މައްސަލައިގައި ސިޔާސީ ފިކުރު އެއްކިބާ ކުރަންޖެހޭނެކަމަށާއި ރައްޔިތުންގެ އަޑު އައްސަވަންޖެހޭނެކަމަށް މޭޔަރ ވިދާޅުވިއެވެ.



"ހިޔާ ޔޫނިއަން"ގެ އާދޭސްތަކަށް އިޖާބަ ދެއްވުމަށް، މޭޔަރ މުއިއްޒު ސަރުކާރަށް ގޮވާލެއްވިއިރު، ހިޔާ ޔޫނިއަންގެ އެންމެބޮޑު އާދޭހަކީ އެތަނުގެ ކުއްޔާއި އަގު ކުޑަކުރުމެވެ. ހިޔާ ފްލެޓްތަކަށް ސަރުކާރުން ކަނޑައަޅާފައިވާ އަގަކީ މަހަކު 8500 ރުފިޔާއެވެ.

މާލޭ ސިޓީގެ މޭޔަރ މުއިއްޒު ވިދާޅުވީ ސަރުކާރުން ކަނޑައަޅާފައިވަނީ ރަނގަޅު އަގެއް ނޫންކަމަށެވެ. އަދި ފްލެޓްތަކުގެ ކުލި 5600 ރުފިޔާއަށް ކުޑަކުރެވޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހިޔާ ކޮމިއުނިޓީން ވަނީ މިހިނގާ ޖުލައި 9 ވަނަ ދުހުގެ މެންދުރުފަހު ދެގަޑި ސުންމިނެޓްގައި "އެންމެ ފަހުގެ އާދޭސް" ގެ ނަމުގައި ހިމޭން އިހްތިޖާޖެއް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން