އައްޑޫ ސިޓީގެ ރެސްޓޯރަންޓެއް / ފޮޓޯ: މެގްނިފިސަންޓް އައްޑޫ
އައްޑޫ ސިޓީގެ ރެސްޓޯރަންޓެއް / ފޮޓޯ: މެގްނިފިސަންޓް އައްޑޫ
އައްޑޫ ސިޓީގެ ކެފޭ، ރެސްޓޯރެންޓްތަކުން ކެއުން ބުއިމުގެ ޚިދުމަތް ދެވޭ ގޮތަށް ހުއްދަ ދީފިއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ މިއަދުން ފެށިގެން ހެނދުނު 8:00 އިން ހަވީރު 6:00 އަށް ހޮޓާތަކާއި، ރެސްޓޯރެންޓްތަކުގެ އިތުރުން ކާބޯތަކެތި ވިއްކާ ތަންތަނުގެ އެތެރޭގައި ތިބިގެން ހިދުމަތް ދެވޭނެކަމަށެވެ.

އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެމުންދާއިރު، ހަވީރު 15:00 އިން ހަވީރު 18:00 އަށް ކުޅިވަރު ކުޅޭ މައިދާންތައް ހުޅުވުމުގެ ހުއްދަވެސް ވަނީ ދީފައެވެ. އަދި ސެލޫންތައްވެސް އެޗްޕީއޭގެ އުސޫލާއި އެއްގޮތަށް ހެނދުނު 8:00 އިން ހަވީރު 6:00 އަށް ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ.

އައްޑޫ ސިޓީގައި ފެތުރެމުން ދިޔަ ކޯވިޑްގެ ބަލިމަޑުކަން މިހާރު ކޮންޓްރޯލްކުރެވިފައިވާއިރު، އެ ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކަށް ވަނީ ބޮޑެތި ލުއިތަކެއް މީގެކުރިންވެސް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން