އަހުމަދު މަސްނޫމް   10 ޖުލައި 2021 - 14:46
ސަރުކާރު ކުންފުނިތަކުގެ ވެރިންގެ މުސާރަ ބޮޑުކޮށްފިއެވެ.

ސަރުކާރުން ކުންފުނިތަކުގެ ވެރިންގެ މުސާރަ ފިނޭންސް މިނިސްޓްރީން ބޮޑުކޮށްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ކެޓަގަރައިޒްކުރުމާއި މެނޭޖިން ޑިރެކްޓަރުންނާއި ޗެއާމަން އަދި ބޯޑު މެންބަރުގެ އިނާޔަތްތައް ފިނޭންސް މިނިސްޓްރީން މުރަޖައާ ކުރުމާއި ގުޅިގެންނެވެ.

ފިނޭންސް މިނިސްޓްރީން ގެނައި ބަދަލާއެކު އެންމެ ދަށް ކެޓަގަރީގެ ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރުގެ މިހާރުގެ މުސާރައަށް އެވްރެޖުކޮށް 10،000ރ. އާއި 15،000ރ. ގެ އިތުރުވާނެއެވެ.

ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންގެ މުސާރަ:-

- އޭ ކެޓަރީގެ ކުންފުނިތައް: އެމްޑީ، 52260ރ. / ޑީއެމްޑީ 41808ރ

- ބީ ކެޓަގަރީގެ ކުންފުނިތައް: އެމްޑީ، 42880 / ޑީއެމްޑީ، 34304ރ

- ސީ ކެޓަގަރީގެ ކުންފުނިތައް: އެމްޑީ، 34304ރ. / ޑީއެމްޑީ، 27443ރ.

- ޑީ ކެޓަގަރީގެ ކުންފުނިތައް: އެމްޑީ، 33000rރ. / ޑީއެމްޑީ، 26000ރ.

- އީ ކެޓަގަރީގެ ކުންފުނިތައް: އެމްޑީ، 27443ރ. / ޑީއެމްޑީ، 21955ރ.

ފިނޭންސުން އަލަށް އެކުލަވާލި އުސޫލުގެ ދަށުން ކުންފުނިތަކުގެ ބޯޑު މެންބަރުގެ އިނާޔަތްތައް ދެން ދޭނީ އެއް އުސޫލެއްގެ ދަށުންކަމަށް ފިނޭންސުން ބުނެފައިވެއެވެ. އަދި ކުންފުނިތަކުގެ ޕާފޯމަންސެމް އެއް އުސޫލަކުން ބެލުމުގެ ބަދަލުގައި، ކުންފުނިތައް ކެޓަގަރައިޒްކޮށް ޕާފޯމަންސް ބެލޭނެ ވަކި އުސޫލެއް ނުވަތަ މިންގަނޑެއް އޮތުމަކީ މުހިއްމު ކަމެއްކަމަށްވެސް ފިނޭންސްއިން ބުނެފައިވެއެވެ.

އަލަށް އެކުލަވާލި އުސޫލުގެ ދަށުން "އޭ" "ބީ" "ސީ" އަދި "ޑީ" ކެޓަގަރީގެ ކުންފުނިތަކުގެ އެންމެ އިސްވެރިންނަށް އެންމެ ބޮޑުކޮށް އަދި އެންމެ ކުޑަކޮށް އަސާސީ މުސާރަ ދެވޭނެ މިންވަރުވެސް ވަނީ ކަނޑައަޅާފައެވެ.

ފިނޭންސް މިނިސްޓްރީން ބުނާ ގޮތުގައި ކުންފުނި ގިންތިކުރުމުގައި ކުންފުނީގެ "ޓޯޓަލް އެސެޓާއި" "ޕާފޯމަންސް" އަދި މުވައްޒަފުންގެ އަދަދަށް ބަލައި ވެރިންގެ މުސާރަ ކަނޑައެޅޭނެ އުސޫލެއް އޮތުމަކީ މެނޭޖިން ޑިރެކްޓަރުން ކުރާ މަސައްކަތާއި އުފުލާ ޒިންމާ އާއި ކުންފުންޏަށް ހޯދައިދޭ ކާމިޔާބީއަށް ބިނާކޮށް މުސާރައާއި އިނާޔަތް ދިނުމަށް މަގު ފަހިވާނެކަމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


1

ޖިޔާ

16-Jul-2021

އަހަރުމެން ގުދާރުބިންދައިގެން މަސައްކަތް ކުރީމަ ގޭކުލި ދައްކާފަ ކާނެެޗެއްނޯވެ މި މީހުނޮ ގޮނދިހޫނުކޮއްލީމަ52260 ރުފިޔާ މިދެން ކިހާބޮޑުކަމެށް



ޓްރެންޑިން