މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް ހިންގާ އިމާރާތް މަރާމާތުކުރުމަށްފަހު، އެ އޮފީސް މާދަމާއިން ފެށިގެން ބޭނުންކުރަން ފަށާނެކަމަށް އެމިނިސްޓްރީން ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ފޮރިން މިނިސްޓްރީގެ އިމާރާތުގެ މަރާމާތުގެ މަސައްކަތް ނިމިފައިވާތީ، އެމްޓީސީސީ ރިލޮކޭޝަން ބިލްޑިންގައި ކުރަމުންދިޔަ މަސައްކަތްތައް ހޯމަދުވަހުން ފެށިގެން ފޮރިން މިނިސްޓްރީގެ އިމާރާތަށް ބަދަލުވާނެކަމަށެވެ.



ފޮރިން މިނިސްޓްރީގެ ޢިމާރާތުގެ ޖާގަ އިތުރުކޮށް، ޢިމާރާތް މަރާމާތުކުރުމަށް ޗައިނާ ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 29 ޑިސެމްބަރ 2018 ގައެވެ.

ފޮރިން މިނިސްޓްރީގެ އިމާރާތުގެ މަރާމާތުގެ މަސައްކަތް ނިންމައި، އިމާރާތުގެ ރަމްޒީ ތަޅުދަނޑި ދިވެހި ސަރުކާރާއި ހަވާލުކޮށްފައިވަނީ މިދިޔަ ޖެނުއަރީމަހުގެ 1 ވަނަ ދުވަހުއެވެ. ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްދިޔަ މި މަސައްކަތުގެ ދަށުން، ފޮރިން މިނިސްޓްރީ މަރާމާތު ކުރުމުގެ މަސައްކަތްކޮށްފައިވަނީ ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުންނެވެ. އަދި މި މަސައްކަތް ކޮށްފައިވަނީ ޗައިނާ އެއިޑްގެ ދަށުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން